
(ފޮޓޯ ކްރެެޑިޓްސް: ރޮއިޓާރސް)
ވެނެޒުއެލާއާއެކު ތެލުގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ތެޔޮ ޓޭންކަރެއްގެ ފަހަތުން އެމެރިކާގެ ކޯސްޓު ގާޑު ދިޔުން ހުއްޓައިލުމަށް ރަޝިޔާއިން އެމެރިކާގެ ކިބައިން އެދެފިއެވެ. ބެލާ1 ގެ ނަން ދީފައިވާ މި އުޅަނދުގެ ފަހަތުން އެމެރިކާއިން ދަތުރުކުރަމުންދާތާ ދެ ހަފްތާއެއް ހާ ދުވަސް ވަނީ ވެފައެެވެ. އީރާނުން ފުރައިގެން ދަތުރުކުރަމުންދާ މި އުޅަނދަށް އެރުމަށް އެމެރިކާއިން އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވާ ވަނީ ކެރީބިއަން ކަނޑުންނެވެ. އެއީ އެ އުޅަނދުގައި ވަކި ޤައުމެއްގެ ދިދަ ނުޖަހައި ދަތުރުކުރަމުން ދިޔުމުންނެވެ. ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޤާނޫނުގައި ބުނާ ގޮތުން ދިދަ ނުޖަހައި އުޅަނދެއް ދަތުރުކުރާ ނަމަ އެ އުޅަނދަކަށް ބޭރު ޤައުމުތަކުގެ އިދާރާތަކަށް އެރޭނެއެވެ. ނަމަވެސް އޭގެ ފަހުން އެ އުޅަނދުގައި ވަނީ ރަޝިޔާގެ ދިދަ ކުރަހައި، އެއީ ރަޝިޔާގެ ހިމާޔަތުގައި ދަތުރުކުރަމުންދާ އުޅަނދެއް ކަމަށް ބުނެފައެވެ.
ވެނެޒުއެލާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ ވެނެޒުއެލާގެ ތެލާއި ހަކަތައާ ބެހޭ ދާއިރާގައި ޙަރަކާތްތެރިވާ ކަމަށް ބުނާ ހަތަރު ކުންފުންޏަކާއި އެ ކުންފުނިތަކާ ގުޅުންހުރި ތެޔޮ ޓޭންކަރުތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅައިފައެވެ. ފާއިތުވި ދުވަސްތަކުގައި ވެނެޒުއެލާއަށް ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން އަމާޒުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.
ބެލާ 1ގެ މިސްރާބު ބަދަލުކޮށް މިހާރު ދަނީ އެމެރިކާގެ ކޯސްޓު ގާޑުގެ އަތުގައި ނުޖެހިވޭތޯ މަސައްކަތް ކުރަމުންނެވެ. އެ އުޅަނދު މި ވަގުތު ދަތުރުކުރަމުން ދަނީ އެޓްލާންޓިކް ކަނޑުގައެވެ. އެމެރިކާއިން އެ އުޅަނދު ފަހަތުން ދިޔުން ހުއްޓައިލުމަށް އެދިފައިވާ ރަޝިޔާއަކީ ވެނެޒުއެލާއާއެކު ގާތް ސިޔާސީ އަދި އިޤްތިޞާދީ ގުޅުމެއް ދަމަހައްޓާ ޤައުމެކެވެ. ވެނެޒުއެލާގެ ހަކަތައިގެ ދާއިރާއަށް އެމެރިކާއިން ފިޔަވަޅު އެޅުން ރަޝިޔާއިން މީގެ ކުރިން ވެސް ކުށްވެރިކޮށްފައިވެއެވެ.
ރަޝިޔާއިން ތެޔޮ ޓޭންކަރު ފަހަތުން ނުދިޔުމަށް އެމެރިކާގެ ކިބައިން އެދިފައި މި ވަނީ އެމެރިކާއާއި ރަޝިޔާއާ ދެމެދު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
