
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވެނެޒުއޭލާއިން އުފައްދާ ތެޔޮ ބޭރުކުރުން ހުއްޓުވުމުގެ ގޮތުން، އެކަމުގައި ބައިވެރިވާކަމަށް ތުހުމަތުކުރާ އިތުރު ހަތަރު އުޅަނދަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، ވެނެޒުއެލާއިން ވަގަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރަނީ، މަސްތުވާތަކެތީގެ ވިޔަފާރު ފުޅާކުރުމަށެވެ. އެކަން ހުއްޓުވުމަށް ކަމަށްބުނެ، ވެނެޒުއާލޭއިން ތެޔޮ ބޭރުކުރަން ބޭނުންކުރާ ތެޔޮ އުފުލާ ޓޭންކަރުތަކާއި ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން ދަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.
މިގޮތުން، އެމެރިކާއިން ފާހަގަ ކޮށްފައިވާ ތެޔޮ ޓޭންކަރުތަކަށް ވެނެޒުއެލާގައި ބަނދަރު ކުރުމާއި، އެ ޤައުމުން ބޭރަށް ދަތުރު ކުރުމަށް ހުރަސް އަޅާނެއެވެ. އޭގެއިތުރުން، ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ ގިނަ އުޅަނދުތަކަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ޙަމަލާދީފައެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މިހާރުވެސް ވަނީ ވެނެޒުއޭލާގެ ތެޔޮ އެކްސްޕޯޓަށް ކޮށްފައެވެ. މިގޮތުން، މިދިޔަ ނޮވެމްބަރު މަހަށް ވުރެ، މިދިޔަ މަހު ތެޔޮ ބޭރުކުރި މިންވަރު ވަނީ ދެ ބައި ކުޅަ އެއްބަޔަށް ދަށްވެފައެވެ. އެމެރިކާގެ މާލީ ވުޒާރާއިން ފިޔަވަޅު އެޅި އުޅަނދުތަކުގެ ތެރޭގައި، ހޮންގ ކޮންގ އަށް ނިސްބަތްވާ ދެ އުޅަނދަކާއި، ޕެނަމާ އަދި ގިނީއަށް ނިސްބަތްވާ އުޅަނދެއް ހިމެނެއެވެ.
އަދި ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކުރާ އިތުރު އުޅަނދުތަކާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ވުޒާރާއިން ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
