
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި 2025ވަނަ އަހަރަށް އަލްވަދާޢު ކިޔުމަށްފަހު، އައު ޢުއްމީދުތަކާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކުލަގަދަ، ތަފާތު ޙަރަކާތްތަކާއެކު އައު އަހަރަށް މަރުޙަބާ ކިޔައިފިއެވެ. އައު އަހަރަކަށް ދުނިޔޭގެ ކަންކޮޅުތަކަށް އެކި ގަޑިތަކުގައި އަލި ވިލިފައިވާއިރު، 2026ވަނަ އަހަރަށް އެންމެ ފުރަތަމަ މަރުޙަބާ ކިޔާފައިވަނީ ޕެސިފިކް ކަނޑުގެ ޤައުމުތައް ކަމަށްވާ ނިއު ޒީލެންޑާއި ޓޮންގާ އިންނެވެ.
މުޅި ދުނިޔޭގައި ވެސް އައު އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޙަރަކާތްކަމަށްވާ، އެމެރިކާގެ ނިއު ޔޯކު ސިޓީގައި އޮންނަ 6 ޓަނުގެ އައު އަހަރުގެ ބޯޅަ ވެއްޓުމުގެ ޙަރަކާތް ބަލަން ގިނަ ބަޔަކު ނުކުތީ ގަދަފިނީގައެވެ. ވަގުތުގެ ގޮތުން ބަލާއިރު، 2026ނަވަ އަހަރަށް އެންމެ ފަހުން މަރުޙަބާ ކިޔާފައިވަނީ ވެސް ނިއު ޔޯކުގައެވެ.
ޢާންމު ސަގާފަތާ އެއްގޮތަށް އޮސްޓްރޭލިޔާގެ ސިޑްނީގައި، އައު އަހަރަށް މަރުޙަބާ ކިޔުމަށް، އުޑުމަތި ވިދުވާލާފައިވަނީ ހަވާ އެރުވުމުގެ ބިޔަ ޙަރަކާތަކުންނެވެ. އޮސްޓްރޭލިޔާގެ މަޝްހޫރު ސިޑްނީ ބްރިޖުގެ މަތިން ހަތް ކިލޯމީޓަރުގެ ސަރަޙައްދަކަށް ދިގުދެމިގެންދިޔަ އެ ޙަރަކާތުގައި 40،000އަށް ވުރެ ގިނަ ހަވާ ވަނީ ބޭނުންކޮށްފައެވެ.
ސިޑްނީގައި އައު އަހަރު ފާހަގަކުރީ، ބޮންޑައި ބީޗުގައި ބަޑިން ޙަމަލާދީގެން ހިންގި ނިރުބަވެރި ޙަމަލާގައި 15 މީހުން މަރައިލި ޙާދިސާގެ މޮޅިވެރިކަމުގެ ތެރޭގައެވެ. އެކަމާ ގުޅިގެން އައު އަހަރުގެ ޙަރަކާތްތަކަށް ސަލާމަތީ ކަންކަންވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެ ޙަރަކާތްތަކުގެ އެއްގަޑިއިރު ކުރިން، އެ ނިރުބަވެރި ޙަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ވަނީ އެއް މިނެޓުގެ ސުކޫތެއް ވެސް ފާހަގަކޮށްފައެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޗައިނާގައި އައު އަހަރު ފާހަގަކުރަން، މަޝްހޫރު ބޮޑުފާރުގައި ބެރު ޖެހުމުގެ ބިޔަ ޙަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު، އެންމެ ދިގުކޮށް އައު އަހަރަށް މަރުޙަބާ ކިޔުމުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ކްރޮއޭޝިޔާގައެވެ. މިގޮތުން، ކްރޮއޭޝިޔާގައި އައު އަހަރުގެ ކައުންޓްޑައުން 12 ގަޑިއިރު ކުރިން ފަށައި، ދަންވަރު 12:00 ޖެހުމާ ހަމައަށް ކުލަގަދަ އެކި ޙަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮންމެ އަހަރަކު ވެސް އެންމެ ކުލަގަދަކޮށް އައު އަހަރު ފާހަގަކުރާ ބްރެޒިލްގައި، ކުރިން ހަދާފައިވާ ދުނިޔޭގެ ރެކޯޑު މުގުރައިލަން އަމާޒު ހިފިއެވެ. މިގޮތުން، ރިއޯ ޑި ޖެނޭރޯގެ ކޮޕާކަބާނާ ބީޗުގައި ކުލަގަދަ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ދުނިޔޭގައި އެންމެ ބިޔަ އައު އަހަރު ފާހަގަކުރުމުގެ ޙަރަކާތުގެ އައު ރެކޯޑެއް ޤާއިމުކުރުމުގެ މަޤްޞަދުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
