
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުލަބު އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ގެ ތައުރީފް އޮޑީގެ ކުޅުންތެރިންނަށް އޮއްސާލައިފިއެވެ. ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް އިން އޮޑި ސްޕޯޓްސް ކްލަބް 2-0 ގެ ނަތީޖާއަކުން ބަލިކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ހަނީފް ބުނީ އޮޑި ސްޕޯޓްސް ކުލަބަކީ މިހާރު ލީގުގައި އޮތް އެންމެ ރަނގަޅު އެއް ޓީމުކަމަށެވެ.
އެޓީމަކީ ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއްކަމަށާއި، ޓީމުގެ ކޯޗަކީ ވަރަށް މޮޅު ކޯޗެއްކަމަށެވެ. އެހެންކަމުން އޮޑިއާއި ދެކޮޅަށް އަބަދުވެސް ނުކުންނަނީ އެކަންކަމަށް ވިސްނައިގެންކަމަށާއި، އޮޑިއާއި ވާދަކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް ހަނީފްވަނީ ބުނެފައެވެ.
“އޮޑިއަކީ މިހާރު ލީގުގައި އޮތް އެންމެ އޯގަނައިޒްކޮށް ކުޅޭ އެއް ޓީމު. ވަރަށް ބޮޑު ޕްލޭނަކާއި ވަރަށް ރަނގަޅު ކޯޗަކާއި އެކު އެމީހުން މަސައްކަތްކުރަނީ. އެހެންވީމަ އެ ޕްލޭނަށް ވަރަށް ބޮޑަށް ބަލާފަ، އެ ޕްލޭންއަށް ބޭސްކޮށްފަ ގޭމް ރާވާފަ އިންނާނީ” ހަނީފް ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހަނީފް ބުނީ ލީގުގެ ހުރިހާ މެޗަކަށްވެސް އީގަލްސްއިން ނުކުންނާނީ މޮޅުވުމުގެ ރޫހުގަކަމަށެވެ. ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހު ބުރުން އީގަލްސް ބަލިކުރި މެޗަށް އިޝާރާތްކުރަމުން ހަނީފް ބުނީ އެދުވަހު ދިމާވި އެންމެ ބޮޑު ދައްޗަކީ ދަނޑު ސަކަރާތްވުމުގެ މައްސަލަކަމަށެވެ.
“ހަމަ ހުރިހާ މެޗަކަށްވެސް އީގަލްސް މި ނުކުންނަނީ މޮޅުވާން. ދެން ކުރީ ދުވަހު ހަމަ ބޮޑަށް ދަނޑު ސަކަރާތްވުމާއި މިހުރިހާ ކަމަކާއި އެކު ދިޔައީ” ހަނީފް ބުނެފަވެއެވެ. ލީގުގައި ކުޅުނު 12 މެޗުން 16 ޕޮއިންޓް ހޯދާފައިވާ އީގަލްސްއިން ކޮންމެ މެޗަކަށްވެސް ނުކުންނަނީ ވަރަށް ތައްޔާރުވެގެންކަމަށް ކޯޗު ބުންޏެވެ. މިމަހުގެ 5 ވަނަ ދުވަހު ޓީސީއާއި ދެކޮޅަށް ކުޅޭ މެޗަށްވެސް ނުކުންނާނީ އެރޫހުގައި ކަމަށާއި ޓީސީއަކީވެސް ވަރުގަދަ ޓީމެއްކަމަށް ހަނީފްވަނީ ބުނެފައެވެ.
“އެވެސް ހަމަ ފައިޓްކުރާ އެއް ޓީމު މައްޗަށް އަރަން. އެހެންވީމަ އީގަލްސް ނުކުންނާނީ ކުރިން ބުނިހެން މޮޅުވުމުގެ އަޒުމުގައި” ކުރިއަށް އޮތް މެޗަށް އިޝާރާތްކުރަމުން ހަނީފް ބުންޏެވެ. ލީގުގަ އީގަލްސްއިން 6 ވަނައިގަ އޮތް އިރު ޓީސީ މިވަގުތު އޮތީ ކުޅުނު 12 މެޗުގެ ތެރެއިން 7 މެޗުން ބަލިވެ، 3 މެޗުން އެއްވަރުވެ ދެ މެޗުން ހޯދި މޮޅާއިއެކު ތާވަލުގެ 7ވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
