
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޖޫނިއާ އަންހެން ފުޓުބޯޅަ ޓީމެއް ބައިނަލްއަޤްވާމީ މުބާރާތެއްގައި މިއަހަރު ވާދަކުރުމަކީ ކުރައްވާ އުންމީދެއްކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އަންހެން ފުޓުބޯޅަ ތަރައްޤީކުރުމަށް އެފްއޭއެމްއިން ގެންގުޅޭ ވިސްނުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޒަރީރު ވިދާޅުވީ ފިރިހެން ފުޓުބޯޅައެކޭ އެއްގޮތަށް އަންހެން ފުޓުބޯޅަ ތަރައްޤީކުރުމަށް އެއެސޯސިއޭޝަނުން ޚާއްސަ ސަމާލިކަމެއްދެއްވާކަމަށެވެ. އެގޮތުން މިފެށުނު 2026 ވަނަ އަހަރު ޖޫނިއާ އަންހެން ޓީމުތަކެއްވެސް އުފައްދާ އެތަނުން ކޮންމެވެސް އެއް ޓީމެއް ބައިނަލްއަޤްވާމީ މުބާރާތަކަށް ގެންދިއުމަކީ އަމާޒެއްކަމަށް ޒަރީރު ވިދާޅުވިއެވެ. “އެފްއޭއެމްގެ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ހަމަ ފިރިހެން ޓީމުތައް ގޮތަށް ހަމަ އޭޖް ގްރޫޕަތަކުގެ ގައުމީ ޓީމުތަކެއް އުފެދިގެން އައުން” ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ އެފްއޭއެމްގެ އަމާޒާއި އެއްގޮތަށް ޖޫނިއާ އުމުރުފުރާތަކުން އަންހެން ޓީމުތަކެއް އެކުލަވާލަވާލާ އެކުޅުންތެރިންނަށް ބޭނުންވާނެ ތަމްރީނުތައް ދިނުމަށްފަހު ބައިނަލްއަގްވާމީ ފެންވަރުގެ މެޗު ތަޖުރިބާ އެޓީމުތަކަށް ހޯދައިދިނުންކަމަށެވެ. އެހެންކަމުން މިފެށުނު އަހަރު ބާއްވާ އޭއެފްސީ އަދި ސާފް މުބާރާތުގައި ރާއްޖޭގެ ޖޫނިއާ އަންހެން ގައުމީ ޓީމެއް ވާދަކުރާތަން ފެނުމަކީ ކުރައްވާ އުންމީދެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“ކުރިއަށް އޮތްތަނުގައި އެބަހުރި އޭއެފްސީވެސް އަދި ސާފްގެވެސް އަންޑަރ 17 އަދި އަންޑަރ 19 މުބާރާތްތައްވެސް އެބަހުރި. އަޅުގަނޑުމެންގެ އުންމީދަކީ އޭގެ ތެރެއިން ކޮންމެވެސް އެއް ގްރޫޕެއްގެ އަންހެން ޓީމެއް އަޅުގަނޑުމެންނަށް ތަމްރީނުކުރެވިގެން މުބާރާތަކަށް ގެންދިއުން” ޒަރީރު ވިދާޅުވެފަވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
11 ވަރަކަށް އަހަރުގެ ދިގު މާޒީއަކަށްފަހު އަންހެން ފުޓުބޯޅަ އަލުން އެފްއޭއެމްއިން އިޔާދަކޮށްދީފައިވާއިރު ޒަރީރު ވިދާޅުވީ ހުނަރުވެރި އަންހެން ކުޅުންތެރިން އުފެއްދުމަކީ އެފްއޭއެމްގެ އަމާޒެއްކަމަށެވެ. އެހެންކަމުން ގްރާސްރޫޓުން އަންހެން ކުޅުންތެރިން އުފެއްދުމަށް މިއަހަރު އިސްކަންދެއްވާނެކަމަށާއި އެއީ އަންހެން ފުޓުބޯޅައިގެ މުސްތަގުބަލު އުޖާލާވެގެންދާނެކަމެއްކަމަށް ޒަރީރުވަނީ ހާމަކުރައްވާފައެވެ. “ފިރިހެން ކުޅުންތެރިންނަށް ގްރާސްރޫޓް އަމާޒުކުރިކަމަށް ވިޔަސް އަޅުގަނޑުމެން އޭގެ ތެރެއިން ވަރަށް ބޮޑަށް ބާރު އަޅާނަން އަންހެން ކުޅުންތެރިންނަށްވެސް އަމާޒުކޮށްގެން ގްރާސްރޫޓް ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އަމާޒެއް” ޒަރީރު ވިދާޅުވިއެވެ.
ގްރާސްރޫޓު ޕްރޮގްރާމުތަކުން އުފެދޭ މޮޅެތި ކުޅުންތެރިންނާއި އެކު އެކި އުމުރުފުރާތަކުން ޖޫނިއާ އަންހެން ޓީމުތައް އުފައްދާ އެފްއޭއެމްގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރައްވާނެކަމަށް ޒަރީރު ވިދާޅުވިއެވެ. އުންމީދަކީ ރާއްޖޭގެ އަންހެން ފުޓުބޯޅަވެސް ކުރިއަށް އޮތްތަނުގައި ކުރިއަރާ ގޮސް ޖޫނިއާ މޮޅެތި ކުޅުންތެރިންތަކަކާއިއެކު އަންހެން ޓީމެއް އެކުލަވާލުންކަމަށް ޒަރީރު ހާމަކުރެއްވިއެވެ. “ފުޓުބޯޅައިގެ އެކި އޭޖް ގްރޫޕްތަކުގައި ޔޫތު ޓީމުތައް އުފެދިގެން އައުމަކީވެސް އަމާޒެއް. އެ ޓާގެޓަށް ދާން އަޅުގަނޑުމެން އެބަ މަސައްކަތްކުރަން” ޒަރީރު ވިދާޅުވިއެވެ.
ދިގު މުއްދަތެއްގެ މެދުކެނޑުމަކަށްފަހު އެފްއޭއެމްއިން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުވަނީ އަންހެނުންގެ ލީގު އަލުން ފަށާފައެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ފެނުނު ލީގުގައި 6 ޓީމަކުން 15 މެޗު ކުޅެފަވާއިރު، އަންހެން ލީގުގެ ޗެމްޕިއަންކަން 2-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ބަލިކުރުމަށްފަހު ހޯދާފަވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
