
އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި ނެރުނު ދަށް ނަތީޖާގެ ސަބަބުން ގެބޯން ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު ސަސްޕެންޑްކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި އެވެ. މި ގޮތުން ކޯޗު ތިއޭރީ މައުޔޫމާ މަގާމުން ވަކިކޮށް، ފޯވަޑް ޕިއޭރޭ އެމެރިކް އަބަމަޔަންގް އުމުރަށް ގައުމީ ޓީމުން އެކަހެރި ކޮށްފަ އެވެ.
ގެބޯންގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ މި ފަދައިން އަމަލު ކުރަން ޖެހުނީ އެފްރިކާ ކަޕުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ، އެ ގައުމު ނެރުނު ދަށް ލަދުވެދި ނަތީޖާގެ ސަބަބުން ކަމަށެވެ.
ގެބޯން މުބާރާތުން ކެޓީ ގްރޫޕުގެ ފަހު މެޗުގައި އައިވަރީ ކޯސްޓް އަތުން މޮޅުވާން ޖެހިފައި އޮތް މެޗު ކުޅުމިގެ ކުރިންނެވެ. އަދި މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގާފައި އޮއްވައި ފަހަތުން އަރައި އައިވަރީ ކޯސްޓް މޮޅުވީ ތިން ލަނޑު ޖަހައިގެންނެވެ. މި މެޗުގައި އަބަމަޔަން ނުކުޅެ އެވެ. އަނިޔާވެއްޖެ ކަމަށް ބުނެ އޭނާ ވަނީ މެޗުގެ ކުރިން ޓީމު ދޫކޮށް، އެނާގެ ކުލަބު ފްރާންސްގެ ލިއޯނަށް އެނބުރި ގޮސްފަ އެވެ.
“މިއީ ލަދުވެތި ނަތީޖާ އެއް. އިހްތިރާމެއް ނެތް. މިހެންވެ ސަރުކާރުން ނިންމީ ކޯޗު މަގާޟުން ވަކިކުރަން، އެހެން ގޮތެއް އަންގަންދެން ގައުމީ ޓީމު ސަސްޕެންޑް ކުރަން. އަދި އަބަމަޔަންގް އާއި ބުރޫނޯ ބްރޫނޯ މަންގަލާ ވެސް އެކަހެރިކުރަން،” ކުޅިވަރާ ބެހޭ ވަޒީރު ސިމްޕްލައިސް ޑިޒާރޭ މަމްބޫލާ ވިދާޅުވި އެވެ.
ސަރުކާރުގެ މި ނިންމުމާ ގުޅިގެން އާސެނަލްގެ ކުރީގެ ކެޕްޓަން އަދި ގެބޯންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ ޕިއޭރޭ އެމެރިކް އަބަމަޔަންގް ބުނީ އޭނާ އަށްވުރެ ގައުމީ ޓީމުގައި ހުރި މައްސަލަތައް މާގިނަ ކަމަށާއި އެކަންކަމުގެ ފުނަށް ފީނައި ބެލުން މާ ރަނގަޅުވާނެ ކަމަށެވެ. މި މުބާރާތުގައި ގެބޯންގެ ކޯޗުކޮށްދިން މައުޔޫމާ އެ މަގާމުގައި ހުންނަތާ ވެސް މިހާރު ދެ އަހަރަށްވުރެ ގިނަވެއްޖެ އެވެ.
މުބާރާތްތަކުގެ ނަތީޖާ ގޯސްވުމުން އެފްރިކާގެ ގައުމުތަކުން މިފަދަ ފިޔަވަޅުތައް އެޅުމަކީ ދޭތެރެދޭތެރެއިން ފެންނަ މަންޒަރެކެވެ. ނަމަވެސް ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ސަރުކާރުން ފުޓްބޯޅަ ހިންގުމުގެ ތެރެއަށް ސީދާ ވަނުން މަގާކުރުމާއި އެފަދަ ކަންކަން ކުރުމުން ފިޔަވަޅު އަޅާތީވެ މިފަދަ އަމަލުތައް ކުރިއަށްވުރެ މަދެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
