
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފާއިތުވި 2025 ވަނަ އަހަރަކީ ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ގިނަ ކާމިޔާބީތަކެއް ހޯދުނު އަހަރެއްކަމަށާއި މިފެށުނު އަހަރާއި އެކު ރާޒުވާ ކުޅުންތެރިން ދެކޭ އެންމެ ބޮޑު އުންމީދަކީ ޖާގައިގެ ގޮތުން ތަނަވަސް ރާޒުވާ ހޯލެއް ލިބުންކަމަށް އެއެސޯސިއޭޝަނުގެ ރައީސް އަލީ ނޫހު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނޫހު ވިދާޅުވީ ފާއިތުވެދިޔަ އަހަރު ރާޒުވާއިން ގިނަ ކުރިއެރުންތަކެއް ހޯދުނުކަމަށެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި ރާއްޖެ ކުރިއަށް ޖެހިފައިވާއިރު ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖޭގެ ޖޫނިއާ ކުޅުންތެރިއަކު ރަން މެޑަލް ހޯދީވެސް ނިމިދިޔައަހަރުގެ ތެރޭގައިކަމަށް ނޫހު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ސްކޫލުތަކުގެ މެދުގައި ބޭއްވުނު ރާޒުވާ މުބާރާތާއި އޮފީސްތަކުގެ މެދުގައި ބޭއްވުނު ރާޒުވާ މުބާރާތް ފާހަގަކޮށްލެވޭކަމަށް ނޫހު ވިދާޅުވިއެވެ.
“ޖޫނިއާ، އިންޓަ ސްކޫލު އަދި ދެ ކެޓެގެރީއަކަށް ބަހާލައިގެން އޮފީސް މުބާރާތް، ބޭރަށް ދާންވެގެން އިތުރު ތިން ސެލެކްޝަނެއްވެސް ވަނީ ހެދިފަ. ނެޝަނަލް މުބާރާތްވެސް ދެން ދެން ދުވަސް ނެތުމާއިއެކު ރޯދައިގެ ކުރިން ނިންމާގޮތަށް” ނޫހު ވިދާޅުވިއެވެ. ރާޒުވާ އެސޯސިއޭޝަނުން މީގެ ކުރިން ބާއްވަމުން އައި ކުލަބު މުބާރާތްވެސް މެދު ކެނޑުމަކަށްފަހު މިދިޔަ އަހަރު ބާއްވާފައިވާކަމަށާއި، އެއީވެސް ފާއިތުވެދިޔަ އަހަރުގެ ކާމިޔާބީތަކާއި އެކު ގުނާލެވޭނެ ކަމެއްކަމަށް ނޫހުވަނީ ވިދާޅުވެފައެވެ.
“މިއަހަރު ބޭއްވިން ކުލަބު މުބާރާތްވެސް. އެއީ 2024 ވަނަ އަހަރު އަޅުގަނޑުމެންނަށް ނުބޭއްވިގެން ދިޔަ މުބާރާތް 2025 ވަނަ ބޭއްވިން” ނޫހު ވިދާޅުވެފަވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާޒުވާއިން ހޯދި މުހިންމު އެހެން ކާމިޔާބީތަކުގެ ތެރޭގަ ރާއްޖޭގެ ރޭންކިން 172 އިން 161އަށް މިދިޔަ އަހަރު މައްޗަށް ޖެހުމާއި އޮންލައިންކޮށް ކުރިއަށް ދިޔަ މުބާރާތަކުން ރާއްޖޭގެ ޖޫނިއާ އެތުލީޓަކު ހޯދި ރަން މެޑަލް ފާހަގަކޮށްލެވެއެވެ. “މިއަހަރު ރާއްޖެއިން ބޭރުން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ މާޗުމަހު ތެރޭގައި އޮންލައިންކޮށް ކުޅުނު ކުޅުންތެރިޔަކަށް ވަނީ ގޯލްޑު މެޑަލްއެއް އަންޑަރ 11 އިން އަންހެންކުއްޖަކަށް ލިބިފަ. އޭގެ އިތުރުން ރާއްޖެއިން ބޭރުގަ ކުޅުނު މުބާރާތްތަކުން ބައެއް ޖޫނިއާ ކުޅުންތެރިންވަނީ ރާއްޖޭގެ ރޭންކިން ތަންކޮޅެއް މައްޗަށް ޖައްސާފަ” ނޫހު މައުލޫމާތުދެއްވިއެވެ.
ނޫހު ވިދާޅުވީ ރާޒުވާއަށްވެސް ގިނަ ކުރިއެރުންތަކެއް އަންނަމުންދާކަމަށެވެ. އެގޮތުން ހުނަރުވެރި މޮޅެތި އެތުލީޓުން މިކުޅިވަރުގައި ފާހަގަވެ ބައިނަލްއަގްވާމީ މައިދާނުގައި ރައްޖެ ތަމްސީލުކޮށް ވަނަތަކާއި ތަޖުރިބާތައް ހޯދަމުން ދިއުމަކީ އެކަމުގެ ހެއްކެއްކަމަށް އޭނާ ހާމަކުރެއްވިއެވެ. މީގެ ކުރިން މިކުޅިވަރު ފަރިތަކުރުމަށާއި މުބާރާތްތައް ބޭއްވުމަށް ދަތިތަކެއް އުފުލަން ޖެހުނު ނަމަވެސް މިހާރު އެކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާކަން ނޫހު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން ކުރީގަ ވިއްޔާމު ދަނީ އެކި ތަންތަނަށް ކޮނޑަށް ފޮށިގަނޑު ލައިގެން ކުޅިބައި ލައިގެން ގޮސްފަ އެކި ތަންތަނުގައި މުބާރާތް ބާއްވަނީ. އެހެންނަމަވެސް މި ހޯލު މިހާރުވަނީ އަޅުގަނޑުމެންނަށް ސަރުކާރުން ލިބިފަ. މިހާރު މިވަނީ މި ހޯލުގައި ކުޅިވަރު ކުޅޭނެ މަގުފަހިވެފަ” ނޫހު ފާހަގަކުރެއްވިއެވެ.
މިހާރު ރާޒުވާ ކުޅުންތެރިން ބޭނުންކުރަމުންދާ އެރީނާއަކީވެސް ޖާގައިގެ ގޮތުން އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށާއި އުންމީދަކީ ކުރިމަގުގައި މިއަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް ހޯލެއް ލިބުންކަމަށް ނޫހު ހާމަކުރެއްވިއެވެ.
މިހާރު ބޭނުންކުރާ ހޯލުގައި މުބާރާތް ބާއްވާނަމަ އެއްފަހަރާ ފުރުސަތު ދެވެނީ އެންމެ 112 ކުދިންނަށްކަމަށާއި، އިންޓަ ސްކޫލު މުބާރާތުގައި އެކަނިވެސް 700 އެއްހާ ކުޅުންތެރިން ވާދަކުރާކަމަށް ނޫހު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރާނީ ސަރުކާރާއި ގުޅިގެން 2013 ވަނަ އަހަރު ރާޒުވާ އެސޯސިއޭޝަނަށް ދޭން ހަމަޖެއްސި ބިން އަލުން ހޯދާ، އެތަނުގައި އިމާރާތެއް ބިނާކުރުމަށްކަމަށް އޭނާ ހާމަކުރެއްވިއެވެ. އެތަން ލިބިއްޖެނަމަ ރާޒުވާ ކުރިއެރުވުމަށް އިތުރު ބާރަކަށްވެގެންދާނެކަމަށް ނޫހު ގަބޫލުކުރައްވައެވެ. “ސަރުކާރުން މިއަށްވުރެ ބޮޑު ހޯލެއް އަޅުގަނޑުމެންނަށް ލިބުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭކަމެއް” ނޫހު ވިދާޅުވިއެވެ.
ރާޒުވާ އެސޯސިއޭޝަނުން 2026 ވަނަ އަހަރަށްވެސް ގިނަ ކަންތައްތަކެއް ރާވާފަވާއިރު، އެއެސޯސިއޭޝަނުންވަނީ މިއަހަރު ބައިނަލްއަގްވާމީ 9 މުބާރާތެއްގައި ވާދަކުރުމަށް ހަމަޖައްސާފައެވެ. އޭގެ އިތުރުން އިންޓަ އޮފީހާއި، ކުލަބުގެ އިތުރުން ރިޒޯޓުތަކަށް ޚާއްސަ މުބާރާތް ހިމެނޭހެން 8 މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ރާޒުވާ އެސޯސިއޭޝަނުން ވަނީ ތާވަލުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
