
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެފައިވަނީ މިފެށޭ އަހަރަކީ ސިއްޙީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ތަންފީޒުކުރަން ފަށާނެ އަހަރެއްކަމަށެވެ. އެންސްޕާއިން ފަށާ މުހިންމު ޕްރޮގްރާމްތައް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމަކީ އެންސްޕާ އަދި އާސަންދައިން ދޭ ޚިދުމަތްތައްކަމަށެވެ.
ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާކަމަށާއި، މިއަދު ތަޢާރަފްކުރާ ކަންކަމުން ރައްޔިތުންގެ ސިއްޙީ ޚިދުމަތް ފުޅާކޮށް ލުއިފަސޭހަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވަމުންދާކަމުގެ ހެކި ފެންނަކަމަށެވެ. ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ މައިގަނޑު ދެ އަސާސަކީ އެންމެންނަށް ސިއްޙީ ފަރުވާ ކަށަވަރުކޮށްދިނުމާއި އެންމެ ބޭނުންވާ މީހާއަށް ފަރުވާ ލިބޭނެކަން ކަށަވަރުކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ފާހަގަކުރެއްވީ ކޮންމެ ރައްޔިތަކުވެސް އައު އަހަރަށް އައު އުންމީދެއް ކަނޑައަޅާއިރު ސަރުކާރުންވެސް އައު އަޒުމްތަކެއް ކަނޑައަޅަމުންދާކަމަށެވެ. ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ސިއްޙީ ޚިދުމަތް ތަރައްޤީކުރުމާއި ސޯޝަލް ޕްރޮޓެކްޝަންގެ ޚިދުމަތްތައް ފުޅާކުރުމުގެ ސިޔާސަތު ސަރުކާރުން ގެންގުެންގުޅޭކަމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ޤާނޫނީ އިމުގެ ތެރެއިންނާއި އިޖުތިމާޢީ މިންގަނޑުގެ ތެރެއިން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
