
(ފޮޓޯ ކްރެޑިޓްސް: އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީ)
ޒަކާތުގެ ޤާނޫނާއެކު މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މީރާއަށް ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސަޢީދާއި މީރާގެ ކޮމިޝަނަރ ހަސަން ޒަރީރު ސޮއިކުރެއްވިއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތާބެހޭ ޤާނޫނު ތަންފީޒުކުރަން ފަށާއިރު، ޒަކާތު ކައުންސިލްގައި މީރާ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީރާއިން 2016 އިން ފެށިގެން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަމުން އައިސްފައިވާއިރު، އޭގެ ކުރިން މި މަސައްކަތް ބަލަހައްޓަމުން ދިޔައީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނާއި އިސްލާމީ ކަންތައްތަކާބެހޭ މަތީ މަޖިލީހުންނެވެ. ކޮމިޝަނަރ ޒަރީރު ވިދާޅުވީ ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮންމެ ތަނަކުން ކޮންމެ ވަގުތެއްގައި ފައިސާ ދެއްކޭނެ ފަދަ ފުރުޞަތުތައް ޤާއިމްކުރެވޭނެ ކަމަށެވެ. ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
