
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށާއި، “ވަން ޗައިނާ ޕޮލިސީ” ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ. ސަރުކާރުން މިހެން ވިދާޅުވެފައިވަނީ ޚަރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ. ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖެއިން މިހާރުވެސް ޤާއިމްވެ އޮތީ، ޒަމާނުއްސުރެ ދިވެހި ސަރުކާރުން ގެންގުޅެމުން އައިސްފައިވާ “ވަން ޗައިނާ ޕޮލިސީ” ނުވަތަ އެއް ޗައިނާ ސިޔާސަތުގައި ކަމަށެވެ. އަދި ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށް އެބަޔާނުގައި ވިދާޅުވިއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖެއިން ގެންގުޅޭ މި ސިޔާސަތަކީ 1972 ވަނަ އަހަރު ޗައިނާއާއި ގުޅުން ޤާއިމް ކުރުމާއި ހިސާބުން ފެށިގެންވެސް ބަދަލެއްނުވެ ދަމަހައްޓަމުން އަންނަ ސިޔާސަތެއް ކަމަށެވެ. އަދި މިއީ ދެ ފަރާތުން އެއްބައެއް އަނެއްބައެއްގެ މިނިވަންކަމަށް އިޙްތިރާމް ކުރުމުގެ އުސޫލު ދައްކުވައިދޭ ކަމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ މުހިންމުކަމާއި، ޤައުމުތައް ސުލްޙަވެރިކަމާއެކު އެއްތަނެއްގައި އުޅުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށް ބަޔާނުގައިވެއެވެ. ރާއްޖެއިން ވަނީ ބައެއް ޤައުމުތަކުން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރާކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދިވެހިރާޢްޖެއާއި ޗައިނާއަކީ ޒަމާންވީ ބަދަހި ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކޮށް ޚާރިޖީ ވުޒާރާއިން ވަނީ މިއީ ދެ ޤައުމަށްވެސް ފައިދާ ކުރަނިވި ގުޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދެމެހެއްޓެނި ތަރައްޤީއާއި ސުލްޙަމަސަލްކަމަށް މަގުފަހި ކުރާ ގުޅުމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
