
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްކުދި ވެމްކޯއިން ކުނި އުކައިދޭ ފީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުޑަކުރުމަށް ނިންމާފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ވެމްކޯއިން މިބަދަލު ގެނައުމަށް ނިންމާފައިމިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އެދުމުގެ މަތިން ކުނި އުކުމުގައި މިހާރު ކަނޑައަޅާފައިވާ ބޭންޑުތަކަށް ބަދަލު ގެނެސް ފީތައް ކުޑަ ކުރުމުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެންނެވެ.
ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ވެމްކޯއިން ކުނި އުކާލުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުންދާ ފީތަކަށް އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށެވެ. މިވަގުތު އެސްއެމްއީތަކުން ނަގަމުންދާ ފީތައް ކުޑަކުރުމަށް ވަކި ބޭންޑްތަކެއް ތަޢާރަފްކުރުމަށް އެކުންފުނިން މަޝްވަރާކުރަމުންދާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި އެމަޝްވަރާތަކަށްފަހު ކަނޑައެޅޭ ބެންޑުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވިޔަފާރިތަކަށް އެނގޭނެހެން ޢިއުލާންކުރާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ސިލްސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ވަނީ، ވިޔަފާރިތަކުން ކުނި އުކުމަށް ކުރާ ހޭދަ ބޮޑުކަން ފާހަގަކުރައްވާ އެ ކަމުގައި ހައްލެއް ގެނެސްދެއްވުމަށް އެދިފައެވެ. މިމައްސަލައަށް އެދެވޭ ބަދަލެއް ގެނައުމަށްޓަކައި ވެމްކޯއިން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށް ރައީސް ވަނީ ވެމްކޯއަށް އަންގަވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
