
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މީޑިއާތަކަށް ފައިސާ ދޫކުރުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރައްވާފައިވަނީ، އެވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ މީޑިއާތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޝަރުތު ހަމަވާ މީޑިއާތަކުގެ ލިސްޓެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން 41 މީޑިއާ ހިމެނޭ މި ލިސްޓް ކަނޑައަޅާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިވަގުތު ވުޒާރާއަށް ލިބިފައި އޮތީ، މީޑިއާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓެއް ކަމަށެވެ. ނަމަވެސް މިކަން އެކަށީގެންވާ ގޮތެއްގައި ކުރުމަށް، އިތުރު މަޢުލޫމާތަށް މިހާރު ކޮމިޝަނުގެ ފަރާތުން އެދިފައިވާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑު އެބޭފުޅުންނަށް ދަންނަވައިފިން ޕޮއިންޓުގެ އަދަދުގެ އިތުރަށް ކޮންމެ މީޑިއާކަށް ފައިސާ ލިބޭ އަދަދު ސާފުވާ ގޮތަށް ސިޓީއެއް ފޮނުވާ ދިނުމަށް. މިއީ ރައީސްގެ ވަޢުދަކަށް ވެފައި މިކަމުގެ ފުރިހަމަ ތަފްސީލް ދެފުށް ފެންނަ ގޮތަށް ތިބޭފުޅުންނަށް ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މަސައްކަތް ފެށިއިރު، މިކަމުގެ މަސައްކަތް ކުރަމުން ދިޔައީ އެ ވުޒާރާގެ ފަރާތުން ކަމަށެވެ. ނަމަވެސް ވުޒާރާގެ ފަރާތުން މިމަސައްކަތް ކުރުން އެންމެ ރަނގަޅު ގޮތް ނޫންކަމަށް މީޑިއާތަކުން ފާހަގަކޮށްފައިވާތީ އެކަން ޤަބޫލުކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ވުޒާރާގެ ފަރާތުން ދެން މިކަން ހަވާލުކުރީ، މީޑިއާ ކޮމިޝަނާއި ކަމަށާއި އެ ތަނުގެ ފަރާތުން މިކަމަށް ބޭނުންވާ އުސޫލު ޤާއިމް ކުރުމާއި، މީޑިއާތަކާޢި ބައްދަލުކުރުމާއި، މައުލޫމާތު އެއްކުރުމާއި، މިކަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިމަސައްކަތުގައި ވުޒާރާގެ ދައުރަކީ މިހާރު މެދުވެރިއެއްގެ ދައުރު ކަމަށެވެ. އެގޮތުން ވުޒާރާއިން މިހާރު ކުރަމުންދާ މަސައްކަތަކީ ތަފްސީލްތައް ލިބުމާއެކު މީޑިއާތަކަށް ފައިސާ ދިނުމަށް މާލީ ވުޒާރާއަށް ފޮނުވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ” އަޅުގަނޑުމެން އެ ފޮނުވަނީ އެއްވެސް އުނިއިތުރު ކުރުމަކާއި ނުލައި. އަޅުގަނޑުމެންގެ އެއްވެސް ދައުރެއް ނޯންނާނެ. ސަރުކާރުގެ އެއްވެސް ދައުރެއް ނޯންނާނެ އެކަމުގައި. އަޅުގަނޑުމެން މާލީ ވުޒާރާއަށް ފޮނުވަނީ، މީޑިއާ ކޮމިޝަނުގެ ނިންމުން ތަންފީޒު ކޮށްދިނުމަށް އެދި. އެބޭފުޅުން މިއަދު ފޮނުވާފިއްޔާ މިއަދުވެސް އަޅުގަނޑު ފިނޭންސަށް ފޮނުވާނަން. ” ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވިއެވެ.
އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ މީޑިއާތަކަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިއަހަރު ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ނިންމާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
