
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މިއަހަރުގެ ނޮވެންބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު %9 އިތުރުވެއްޖެއެވެ. އެކްސްޕޯޓް އިތުރުވި މައިގަނޑު ސަބަބަކީ ރީ-އެކްސްޕޯޓް އިތުރުވެފައިވުންކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ރާއްޖޭގެ ޖުމްލަ އެކްސްޕޯޓް ވަނީ 9 އިންސައްތަ އިތުރުވެފައެވެ. އެ މުއްދަތުގައި ޖުމްލަ އިމްޕޯޓް 30 އިންސައްތަ އިތުރުވެފައިވާކަމަށް މި ރިޕޯޓުން ދައްކައެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން ޖުމްލަ އެކްސްޕޯޓް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެ މުއްދަތުގެ ތެރޭގައި ރީ-އެކްސްޕޯޓް އިތުރުވުމެވެ. މީގެތެރޭގައި ‘އެހެނިހެން ރީ-އެކްސްޕޯޓް’ގެ ގިންތިން ލިބުނު އާމްދަނީ އިތުރުވުމާއި، ބޯޓުފަހަރާއި ބޯޓުތަކަށް ބޭނުންކުރާ ޖެޓް ފިއުލް ރީ-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ.
ރާއްޖޭގައި އުފައްދާ ތަކެތި އެކްސްޕޯޓްކުރާ މިންވަރު ނުވަތަ ޑޮމެސްޓިކް އެކްސްޕޯޓް ވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. އެއީ މައިގަނޑު ގޮތެއްގައި ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކުރި ކަނޑުމަހުގެ ބާވަތްތަކުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރާ ބާވަތްތަކުގެ ތެރޭގައި ކަނޑުމަހުގެ ބާވަތްތައް ހިމެނެއެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް އަޅާބަލާއިރު، 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ޖުމްލަ އެކްސްޕޯޓް ވަނީ 15 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް، ޖުމްލަ އިމްޕޯޓަށް ބަލާއިރު އެ މުއްދަތުގައި ބޮޑު ބަދަލެއް އައިސްފައެއް ނުވާކަމަށް މި ރިޕޯޓުން ދައްކައެވެ.
އިމްޕޯޓަށް ކުރި ހޭދަ އަހަރުން އަހަރަށް އިތުރުވެފައިވަނީ، މައިގަނޑު ހުރިހާ ގިންތިތަކަކުން ކުރި ހޭދަ އިތުރުވުމާ ގުޅިގެންކަމަށް މި ރިޕޯޓުން ދައްކައެވެ. އެގޮތުން ތެލުގެ ބާވަތްތަކާއި، މެޝިނަރީއާއި މެކޭނިކަލް ސާމާނާއި އޭގެ ބައިތަކާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި އޭގެ ބައިތަކާއި، ބިނާކުރުމުގެ ސިނާޢަތަށް ބޭނުންވާ ސާމާނުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައިކަމަށް އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
