
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހެޔޮ އަގެއްގައި މުދާ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ރާއްޖޭގެ 3 ސަރަހައްދެއްގައި ސްޓޯރޭޖް ފެސިލިޓީތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރައިން ވިދާޅުވެއްޖެއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަސައްކަތްތައް ހާމަކުަރައްވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ ކުރިއަށް އޮތް 2 އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަޅާ ހާޢްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ދެ އަހަރުކަމަށް ވުމުން، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބައްދަލުކުރެއްވުމަށް މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި އެ ފަރާތްތަކުން ގިނަ ކަންބޮޑުވުންތަކެއް ހުށަހެޅި ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެއާއި، ކުޅުދުއްފުށިސިޓީ އަދި އައްޑޫސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ސްޓޯރޭޖް ފެސިލިޓީ ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ހެޔޮ އަގުގައި މުދާ ރައްކާކޮށް ގުދަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކުރަމުންދާ މަސައްކަތެއްކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ މިކަމާއި ގުޅޭ ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި ކަމާއި ގުޅުންހުރި އިދާރާތަކުން ހާމަކުރައްވާނެ ކަމަށެވެ.
އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރުތަކުން މިހާރަށް ވުރެ އަވަހަށް މުދާ ކްލިއަރ ކުރުމާއި، އެސަރަހައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަނދުތަކުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ ފަރާތްތައް ބޭތިއްބުމަށް ހާއްސަ ކޮޓަރިތައް ކުއްޔަށްދޭ ވިޔަފާރިތައް ރެޖިސްޓްރީކޮށް ކޮޓާ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ގެނެސްފައިވާ ކަމަށެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއިއެކު ބޭއްވި ބައްދަލުވުމުގައި އެ ވިޔަފާރިކުރާ ފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުމެކެވެ.
މިކަންކަމުގެ އިތުރުންވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަށް ސަރުކާރުން ވަނީ މިހާތަނަށް އައިއިރު ފިޔަވަޅުތައް އަޅުއްވާފައެވެ. އެގޮތުން ވިޔަފާރިތަކުން އެތެރެކުރާ މުދަލަށް ޑެމަރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން މުދާ ކްލިއަރ ކުރުމުގެ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ނިންމުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ކަމާއި ގުޅުން ހުރި އިދާރާތަކުން މިހާރު ވަނީ ތަންފީޒު ކުރަން ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
