
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އިންސާނީ ޙާލަތު ގޯހުން ގޯހަށް ދަމުން ދާ ކަމަށް ފާހަގަކޮށް ހުޅަނގުގެ ދިހަ ޤައުމަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ކެނެޑާއާއި ޑެންމާކާއި ފިންލެންޑާއި ފަރަންސޭސިވިލާތާއި އައިސްލެންޑާއި ޖަޕާނާއި ނޯވޭއާއި ސްވީޑެންއާއި ސްވިޒަލެންޑާޢި އިނގިރޭސިލާތުން ގުޅިގެން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ ޙާލަތު އެތައް ގުނައެއް އަނެއްކާ ވެސް ގޯސްވެފައިވާ ކަމަށެވެ. ޣައްޒާގެ ރައްޔިތުން ފިނި މޫސުމާ ކުރިމަތިލަމުންދާއިރު، ބޯ ވާރެއާއި ފިނިހޫނުމިން ދަށަށް ދިޔުމުގެ ސަބަބުން ޣައްޒާގެ 1.3 މިލިޔަނެއްހާ މީހުންނަށް އެކަށީގެންވާ ހިޔާވަހިކަމެއް ބޭނުންވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ގިނަ ޞިިއްޙީ މަރުކަޒުތަކުން އަދިވެސް ޚިދުމަތް ނުދެވޭ ކަމަށާއި ބޭހާއި އެހެނިހެން ސާމާނު ލިބުމުގައި އެ މަރުކަޒުތަކުން ބޮޑެތި ދަތިތަކާ ކުރިމަތިލަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން 740،000އަށްވުރެ ގިނަ މީހުން ތަޣައްޔަރުވެފައިވާ ފެނަށް ހުށަހެޅިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ޣައްޒާގެ 1.6 މިލިޔަން މީހުންނަށް ކާބޯތަކެތިި ކަށަވަރު ނުވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
މި ޙާލަތުގައި އަމިއްލަ ޖަމްޢިއްޔާތަކަށް ޣައްޒާގައި ދެމެހެއްޓެނެވި ގޮތަކަށް މަސައްކަތްކުރުމުގެ ފުރުޞަތު ޔަހޫދީން ދޭން ޖެހޭ ކަމަށް ބަޔާުނުގައި ބުނެފައިވެއެވެ. އަދި އދން ޣައްޒާގައި ކުރިއަށް ގެންދާ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައި އެ ކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން، އެއްވެސް މަޤުބޫލު ސަބަބެއް ނެތި ޣައްޒާއަށް ވަކި ބާވަތްތަކެއްްގެ ތަކެތި އެތެރެކުރުން ޔަހޫދީން މަނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވެސް ހުޅަނގުގެ ޤައުމުތަކުން ފާހަގަކޮށްފައިވެއެވެ. ޔަހޫދީން ޣައްޒާއަށް އެތެރެކުރުމަށް ހުރަސް އަޅާ ތަކެތީގެ ތެރޭގައި ޞިއްޙީ ސާމާނާއި ފޭލިގެއާއި ވަގުތީ ހިޔާތައް ހެދުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އެ ސަހަރުގެ ހުރިހާ ދޮރާއްޓެއް ހުޅުވައިލަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
