
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމަށް ހައިބަތު އަލް-ޙަލްބޫސީ އިންތިޚާބުކޮށްފިއެވެ. އޭނާ އެ މަޤާމަށް އިންތިޚާބުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވިި އެ ޤައުމުގެ ޤައުމީ އިންތިޚާބަށް ފަހު ބާއްވާފައިވާ ޤާނޫނުހަދާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައެވެ. ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ 283 ވޯޓުގެ ތެރެއިން 208 ވޯޓު ހަލްބޫސީއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. މަޖިލީހުގެ ރައީސްގެ ދައުރަކީ އެ މަޖިލީހުގެ ތަރުތީބު ބަލަހައްޓައި، ކުރިމަތިވާ މައްސަލަތަައް ޙައްލު ކުރުމާއި ޢާންމު ގޮތެއްގައި ދެބަސްވުން ގިނަ ޢިރާޤުގެ ސިޔާސީ ނިޒާމު އެއްގަލަކަށް އެރުވުމެވެ.
ޢިރާޤުގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން މަޖިލީސް ހުޅުވާ ދުވަހު އެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސުން ހޮވަން ޖެހެއެވެ. އެއަށްފަހު 30 ދުވަހުގެ ތެރޭގައި ޤައުމުގެ ރައީސްގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރަން ޖެހެއެވެ. އެއަށްފަހު ރައީސްގެ މަޤާމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ބަޔަކާ ޙަވާލުކުރާނެއެވެ. މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ބޮޑު ވަޒީރު މުޙައްމަދު ޝީޢާ އަލް ސޫދާނީއާ ގުޅުންހުރި ބޭފުޅުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
