
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ޒުވާނުން އުފައްދާފައިވާ ސިޔާސީ ޕާޓީ، ނޭޝަނަލް ސިޓިޒެން ޕާޓީ (އެންސީޕީ)އިން އެ ޤައުމުގެ ދީނީ ފިކުރުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޖަމާޢާތީ އިސްލާމީއާއެކު ބައިއަތު ހިފުމުން ޕާޓީގެ ތެރޭގައި ނުތަނަސްކަމާއި ހިތްހަމަނުޖެހުން އުފެދިއްޖެއެވެ. މިދިޔަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ކުރީގެ ރައީސް ޝައިޚް ޙަސީނާގެ ވެރިކަން ވައްޓައިލުމުގައި އިސް ދައުރެއް އަދާކުރި ޒުވާނުން އުފައްދާފައިވާ އެންސީޕީއަކީ އަވާމީ ލީގާއި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ފަދަ ޕާޓީތަކާ ތަފާތު ޕާޓީއެއް ކަމަށް އެ ޕާޓީން ދިޔައީ ބުނަމުންނެވެ. އެ ޕާޓީ އުފައްދާފައި ވަނީ ބޯދާ ވިސްނުންތަކާއި އުސޫލުތައް ދޫކޮށްލައި ޒުވާނުން ގަޔާވާ ފަދަ ދިމުޤުރާތީ ސިފަތަކެއް ގެންގުޅޭ ޕާޓީއަކަށް ވާނެ ކަމަށް ބުނެއެވެ.
ބަންގްލަދޭޝްގެ އާންމު އިންތިޚާބު ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އެންސީޕީއީން ޖަމާޢަތީ އިސްލާމީއާ ގުޅުމަށް ނިންމުމާއެކު އެ ޕާޓީގައި އިސްކޮށް ޙަރަކާތްތެރިވާ 30އަކަށް ލީޑަރުން ވަނީ އެ ކަމާ ފާޅުގައި ދެކޮޅު ހަދައިފައެވެ. އެ ކަމާ ހިތްހަމަ ނުޖެހި ގިނަ ބަޔަކު ޕާޓީއިން ވަކިވެފައިވާއިރު، ޖަމާޢަތީ އިސްލާމީއާ އެންސީޕީން ގުޅުމަކީ ޕާޓީގެ ޒަމާނީ ރޫޙާ ޚިލާފު ކަމެއް ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ. ނަމަވެސް އެންސީޕީގެ ލީޑަރު ނާހިދު އިސްލާމް ވަނީ އެ ނިންމުން ދިފާޢުކުރައްވައިފައެވެ. ފަހުގެ ދުވަސްތަކުގައި އެ ޕާޓީއަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވާ ކަމަށް ފާހަގަކުރައްވައި ނާހިދު ވިދާޅުވީ އެ ނިންމުމަކީ އިންތިޚާބީ ހަމަޖެހުން ޤާއިމްކޮށް އެއްބައިވަންތަކަން ދެމެހެއްޓުމަށް ނިންމާފައިވާ އިސްތިރާޖީ ނިންމުމެއް ކަމަށެވެ.
ނަމަވެސް ފާޑުކިޔުންތެރިން ބުނީ އެ ނިންމުމުގެ ސަބަބުން ބޮޑަށް ފައިދާ ކުރާނީ އެންސީޕީއަށްވުރެ ބޮޑަށް ޖަމާޢަތީ އިސްލާމީއަށް ކަމަށާއި، ނިންމުމުގެ ސަބަބުން އެންސީޕީގެ އުސޫލުތައް ނެތި ދިޔުން އެކަށީގެންވާ ކަމަށެވެ. އެންސީޕީގެ ނިންމުމުގެ ސަބަބުން ޕާޓީގެ ތެރޭގައި ބައިބައިވުން އިތުރުވެ ޒުވާނުންގެ މެދުގައި އެންސީޕީގެ މަޤުބޫލުކަން ކުޑަވުން އެކަށީގެންވެއެވެ. އަދި އެންސީޕީގެ ކުރިމަގާމެދު ވެސްަ ސުވާލު އުފެދެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
