
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސްރީލަންކާ އާއި ދިވެހިރާއްޖެ އަންނަ އަހަރު ވެސް ސައުދު އޭޝިއަން ސުޕަކަޕް ފުޓްބޯޅަ މެޗު ނުވަތަ މުބާރާތް ކުޅޭނެ ކަމަށް ސްރީލަންކާއިން ބުނެފިއެވެ. މިކަން އިއުލާނުކުރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ އެވެ. އޭނާ މިހެން ބުނީ ލަންކާގެ ގައުމީ ޓީމު އަންނަ އަހަރު މެދުވެގެން ބައިނަލް އަގްވާމީ 12 މެޗު ކުޅުމަށް ހަމަޖެހިފައިވާކަން އިއުލާނު ކުރަމުންނެވެ. ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖަސްވަރު އުމަރު ވިދާޅުވީ އަންނަ އަހަރު ސުޕަކަޕް ކުޅޭނީ ފަހަރުގައި ތިން ގައުމަކާ އެކުގައި ކަމަށެވެ. “ލަންކާ އާއި ދިވެހިރާއްޖެ ކުޅޭނެ. ދެން އިތުރު ގައުމަކާއެކު ސުޕަކަޕް ކުޅެން ރާވާފައިވާނީ. ފަހަރުގައި އިތުރު ގައުމަކާއެކު ހަތަރު ގައުމުގެ މުބާރާތަކަށް ވެސް ވެދާނެ. މުބާރާތް ކުޅޭނީ ލަންކާގައި،” ޖަސްވަރު ވިދާޅުވި އެވެ.
ސައުތު އޭޝިއަން ސުޕަކަޕްގެ ނަމުގައި ލަންކާއިން މި މުބާރާތް ފެށީ މި އަހަރު އެވެ. ހަތަރު ގައުމު ވާދަކުރަން ފުރަތަމަ ރޭވި މުބާރާތަށް އެންމެ ފަހު ވަގުތު ބޫޓާނަށް ނާދެވުމުން ކުޅުނީ ލަންކާ އާއި ރާއްޖެ އެކަންޏެވެ. މިހެންވެ ތަށި ދިނީ ދެ ގައުމު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށްފަހު އެވެ. ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު ދެ ވަނަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލަށް ކޯޗުކޮށްދިން މުތައިރީ ބުނީ ލަންކާގެ އަމާޒަކީ އަންނަ އަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ. އަދި އެ މުބާރާތަސް ލަންކާ ޓީމު ތައްޔާރު ކުރުމަށް ރަނގަޅު ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވަން އުޅުނީ މި އަހަރު ކުރީކޮޅު ލަންކާގަ އެވެ. ނަމަވެސް މުބާރާތުގެ މާކެޓިން ޕާޓްނަރުންގެ އެދުމުގެ މަތީން މުބާރާތް ވަނީ ފަސްކޮށްފަ އެވެ. މާކެޓިން ޕާޓްނަރުން ބޮޑަށް ބާރު އަޅަނީ ސާކުގެ ހަތް ގައުމު ކުޅޭ މި މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
