
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ، ބޮޑު މަރާމާތަކަށް ފަހު މިއަދު އަލުން ހުޅުވައިފިއެވެ. ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން 2020 އޮގަސްޓްގައި ބަންދުކުރި މި ރިސޯޓު އަލުން ހުޅުވުމަށް ކުރީގެ ސަރުކާރުން ވެސް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.
ރައީސް މުއިއްޒުގެ 2023 ގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް ދެއްވި އެންމެ މުހިންމު އެއް ވައުދަކީ މި ރިސޯޓު އަލުން ހުޅުވުމެވެ. މި ވައުދާ އެކު، ޝަންގްރިއްލާގެ މެނޭޖުމަންޓާ ގުޅިގެން ކުރެވުނު މަޝްވަރާތަކަށް ފަހު، މި އަހަރު ނިމުމުގެ ކުރިން ރިސޯޓު ހުޅުވާނެކަން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއުލާނުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، ރިސޯޓު އަލުން ހުޅުވައި، ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.
ޝަންގްރިއްލާ ބަންދުކުރީއްސުރެ އަލުން ހުޅުވަން ސަރުކާރުން ގިނަ މަޝްވަރާތައް ކޮށްފައިވާއިރު، ކުރީގެ ސަރުކާރުން ވަނީ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލުމަށް ވެސް އެއްބަސްވެފައެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފަސް މިނިޓުން ދެވޭހާ ކައިރީގައި ހުންނަ މި ރިސޯޓަކީ 2008 ގައި ހުޅުވި އިރު، މުއްސަނދި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. ރިސޯޓު ހުޅުވިފައި ހުރި ދުވަސްވަރު އައްޑޫގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ވެސް އައްޑުއަށް ދަތުރުކުރިއެވެ. ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، ރައީސް މުއިއްޒު ވެސް ވަނީ އެ މަހު ރިސޯޓަށް ވަޑައިގެން މަސައްކަތްތައް ބައްލަވާލައްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާ އަލުން ހުޅުވުމަކީ އައްޑޫގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން އައްޑޫގެ ގިނަ ބަޔަކަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، އެ ސަރަހައްދުގެ ޓޫރިޒަމަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށެވެ. ބަންދުކުރުމާ ހަމައަށް 500 އަށް ވުރެ ގިނަ މުވައްޒަފުން އެ ތަނުގައި މަސައްކަތް ކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
