
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކޮންމެ ފުލުހަކަށްވެސް މަޤާމާއި ކުރިއެރުން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކަކީ ގިނަ އަހަރުތަކެއްގެ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މިއަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި ‘ވިމެން އިން ޕޮލިސިން ސަމިޓް’ގެ ތެރެއިން ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ތަންފީޒީ އިދާރާތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް މުޢާހަދާއެއްގައި ސޮއިކުރެވުނެވެ. މި މުއާހަދާގެ ދަށުން، މި އިދާރާތަކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން، އަންހެނުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ހައްލުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްވެ ‘ފްރޮމް ޑެކްލެރޭޝަން ޓު އެކްޝަން: ޖޮއިންޓް އޭޖެންސީ ވޯކްޝޮޕް’ގެ ނަމުގައި ޚާއްސަ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މަސައްކަތު ބައްދަލުވުން ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނަރ ނަވީން ވިދާޅުވީ، އަންހެނުންގެ ކުރިއެރުވުމަށް މުހިންމު ޚިޔާލުތަކެއް ލިބި، އެކަން ތަންފީޒު ކުރުމަށް ހުރިހާ އިދާރާތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި މިމަހު ނިމުމުގެ ކުރިން ޢަމަލުކުރާނެ ވަކި ސިޔާސަތުތައް ދެނެގަތުންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ވޯކްޝޮޕުން ހުށަހެޅުނު ކަންތައްތައް ތަންފީޒު ކުރުމަށް ކަރުދާހެއް ތައްޔާރުކޮށް، ވަޒީރުގެ ލަފައަށް އެދި، އެއަށްފަހު އެކުގައި މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މި މަސައްކަތުގައި ހުށަހެޅުންތައް ހުށަހެޅުމުގައި އިސްވެ މަސައްކަތް ކުރެއްވި އަންހެން މުވައްޒަފުންނަށް މުހިންމު ދައުރެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތަކީ އަންހެނެއް ނުވަތަ ފިރިހެނެއް ތަފާތު ނުކޮށް، ޒިންމާ އުފުލޭނެ ކޮންމެ މީހަކަށް ވެސް ހަމަހަމަ ފުރުސަތެއް އޮތް ތަނެއް ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ވަކި ކޯޓާ ނިޒާމެއް ނުވަތަ ވަކި އަންހެން ފިރިހެން ޚާއްސަ މަޤާމުތަކެއް ނޯންނާނެ ކަމަށާއި، ހުރިހާ ބޭފުޅުން ވެސް މަޤާމުތަކަށް ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަސައްކަތު ބައްދަލުވުމުގައި، ދާޚިލީ ވުޒާރާގެ ދަށުން މަސައްކަތް ކުރާ މޯލްޑިވްސް ކަސްޓަމްސް ސާވިސް، ފުލުހުންގެ ޚިދުމަތް، އިމިގްރޭޝަން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، ދިވެހި ޤައުމީ ދިފާޢީ ބާރު، އަދި އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ވަނީ ބައިވެރިވެފައެވެ. މި އިދާރާތަކުން ރަނގަޅު ކުރަން ބޭނުންވާ ކަންކަން ހުށަހަޅާފައިވާއިރު، އެކަންކަން ތަންފީޒުކުރުމަށް ބޭނުންވާ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. ފުލުހުން ވަނީ އިދާރާތައް ގުޅިގެން ކަނޑައެޅޭ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ވަކި ނިޒާމެއްގެ ތެރެއިން ބެލުމަށް ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
