
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވެއްޖެއެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެކަމަނާ އަވަހާރަވީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވީކަން އެކަމަނާގެ ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އާއި ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 80 އަހަރެވެ. ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި އޭނާ އަވަހާރަވީއިރު އެންމެފަހުން ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުންނެވެ.
ބަންގްލަދޭޝްގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި ދާދިފަހުން ވެރިކަމުން ވައްޓާލި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގައި ޚާލިދާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް އެކުށުގައި 2018ވަނަ އަހަރު އޭނާ ޖަލަށްލިއެވެ. ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުމަށް އޭނާއަށް ހުއްދައެއް ނުލިބުނެވެ. ޖަލުން ދޫކޮށްލީ މިދިޔަ އަހަރު، ހަސީނާ ވެރިކަން ވެއްޓުމުންނެވެ. 1991ވަނަ އަހަރަށް ފަހު ބަންގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދަވާފައި ވަނީ ޙަސީނާއާއި ޚަލިދާއެވެ. ބަންގްލަދޭޝްގެ ވެރިކަމާ 76 އަހަރުގެ ޙަސީނާ ހަވާލުވެ ވަޑައިގަތީ, އެ ޤައުމުގެ ބާނީގެ ގޮތުގައި ބެލެވޭ އޭނާގެ ބައްޕާފުޅު މުޖީބް-އަލް-ރަޙްމާން 1975ވަނަ އަހަރު އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ. 78 އަހަރުގެ ޚާލިދާއަށް ވެރިކަން ލިބުނީ ބީއެންޕީގެ ކުރީގެ ވެރިޔާ އަދި އޭނާގެ ފިރިކަލުން ޒިޔާޢު-އަލް-ރަޙްމާން 1981ވަނަ އަހަރު އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ. މުޖީބު-އަލް-ރަޙްމާނާއި ޒިޔާޢު-އަލް-ރަޙްމާން ވެސް އަވަހާރަ ކޮށްލާފައި ވަނީ އަސްކަރީ ބަޣާވާތްތަކެއްގައެވެ.
2009ވަނަ އަހަރުގެ އިންތިޚާބުގައި ޙަސީނާއަށް ކާމިޔާބީ ލިބުމާ އެކު, ޚާލިދާގެ މައްޗަށް ޖިނާޢީ ދަޢުވާތަކެއް އުފުލައި, އޭނާ ޖަލަށްލިއެވެ. އެއަށް ފަހު, ޚާލިދާ ވަނީ ސިޔާސީ މައިދާނުން ގެއްލިފައެވެ. ބީއެންޕީ ހިންގުމުގައި އެއަށް ފަހު އިސްކޮށް އުޅުއްވަމުން ގެންދަވާފައި ވަނީ ޚާލިދާގެ ދޮށީ ފިރިހެން ދަރިކަލުންނެވެ. 1945ވަނަ އަހަރު އުފަންވެ ވަޑައިގަތް ޚާލިދާގެ އެންމެ ފަހު ދުވަސްކޮޅު ގެންދެވީ ފުރަމެއާއި ހިތުގެ އާލާސްކަންފުޅެއްގެ އިތުރުން ހަކުރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. ކުރިން ޙަސީނާއާއި ޚާލިދާ އެކުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ. އެ ގޮތުން, 1990ވަނަ އަހަރު ބަންގްލަދޭޝްގައި އެއިރު ވެރިކަން ކުރަމުން ދިޔަ އަސްކަރީ ވެރިޔާ މުޙައްމަދު އަރްޝާދުގެ ވެރިކަން ވައްޓައިލުމުގައި ދެ ބޭފުޅުން އިސް ދައުރެއް އަދާ ކުރެއްވިއެވެ. ނަމަވެސް, ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް އިތުރުވެ, ދެ ބޭފުޅުން ދުރުވެ ވަޑައިގެންނެވިއެވެ.
1991ވަނަ އަހަރު ބަންގްލަދޭޝްގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބާއްވާފައިވާ ފުރަތަމަ މިނިވަން އަދި އިންސާފުވެރި އިންތިޚާބުގައި ކާމިޔާބީ ހޯއްދެވީ ޚާލިދާއެވެ. އެ ކާމިޔާބީއާ އެކު, ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގެ މަޤާމު ޚާލިދާއަށް ލިބިވަޑައިގަތެވެ. އިންތިޚާބުގެ ކާމިޔާބީއަށް ފަހު ޚާލިދާ ވަނީ ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު, ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާފައެވެ. ޚާލިދާގެ މައްޗަށް ކުރި ހޯއްދަވައި ޙަސީނާ ވެރިކަމަށް ވަޑައިގެންނެވީ 1996ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ. ނަމަވެސް, އޭގެ ފަސް އަހަރު ފަހުން ޚާލިދާ އަނެއްކާ ވެސް ވެރިކަމަށް އެނބުރި ވަޑައިގެންނެވިއެވެ. ނަމަވެސް, އޭނާގެ ވެރިކަމުގެ ދެވަނަ ދައުރުގައި ހައްދުފަހަނަ އެޅި ގުރޫޕުތަކުގެ ޙަމަލާތައް އިތުރުވެ, އޭނާއާ ދެކޮޅަށް ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ.
2004ވަނަ އަހަރު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަން ހުއްޓައި ޙަސީނާ އަވަހާރަ ކޮށްލަން ބޮމުގެ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާގައި އޭނާގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް 20 މީހުން މަރުވެ 500އެއްހާ މީހުން ޒަޚަމުވިއެވެ. އެ ޙަމަލާ ރޭވުމުގެ ދަޢުވާ އުފުލާފައި ވަނީ ޚާލިދާގެ ދޮށީ ފިރިހެން ދަރިކަލުންގެ މައްޗަށެވެ. 2006ވަނަ އަހަރު, ޚާލިދާގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރު ނިމުމަކަށް އައީ އަސްކަރީ ބަޣާވާތަކުންނެވެ. އަދި, ޚިޔާނާތުގެ ދަޢުވާ އުފުލައި, ޚާލިދާއާއި ޙަސީނާ ވެސް ޖަލަށް ލި މަންޒަރު ފެނިގެން ދިޔައެވެ. ނަމަވެސް, 2008ވަނަ އަހަރުގެ ޢާންމު އިންތިޚާބުގެ ކުރިން ދެ ބޭފުޅުން ވެސް ވަނީ މިނިވަން ކޮށްފައެވެ. އެ އަހަރު ބޭއްވި އިންތިޚާބު ބޮއިކޮޓުކޮށް, ޚާލިދާގެ ބީއެންޕީން ވާދަ ކޮށްފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
