
ގްރޭންޑް ސްލޭމް ޗެމްޕިއަންކަން 24 ފަހަރު މަތިން ހޯދާފައިވާ ނޯވަކް ޖޮކޮވިޗް ޓެނިސް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް ބުނެފި އެވެ. އުމުރުން 38 އަހަރުގެ ސަރބިޔާއަށް އުފަން ޖޮކޮވިޗް ބުނެފައިވަނީ 2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލެސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ކަމަށާއި އަދި އޭގެ ފަހުންވެސް ކުޅުމާއިގެން ކުރިއަށް ދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ. “ކުޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް. 2028 ގެ އޮލިމްޕިކްސް ގައި ކުޅުމަކީ އަހަރެން ދެކެން ބޭނުންވާ ދުވަހެއް އަދި އަހަރެންނަކީ އަބަދުވެސް ކޯޓު މަތީގައި ކުޅެން ހުންނަން ބޭނުންވާ މީހެއް.” ދުބާއީގައި ކުރިއަށް ދިޔަ ވޯލްޑް ސްޕޯޓްސް ސަމިޓުގައި ވާހަކަ ދައްކަމުން ޖޮކޮވިޗް ބުންޏެވެ.
ދުނިޔޭގެ ރޭންކިންގެ ހަތަރުވަނަ މަގާމުގައި މިވަގުތު ހުރި ޖޮކޮވިޗް އަށް 2023 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ފަހަކަށް އައިސް އިޓަލީގެ ޔަނިކް ސިނަރ އާއި ސްޕޭންގެ ކާލޯސް އަލްކަރާޒް ވަނީ ޖޮކޮވިޗް ފަހަތަށް ޖައްސާލާފަ އެވެ. ޖޮކޮވިޗް އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ޒުވާން މި ދެ ކުޅުންތެރިން ކައިރި އަދިވެސް މޮޅު ކުޅުމެއް ދައްކާ އޭނާ ޓެސްޓް ކުރަން ބޭނުންވާ ކަމަށެވެ. ދުބާއީ ސްޕޯޓްސް އެވޯޑްސް ގައި ޖޮކޮވިޗް އަށް ވަނީ 2025 ވަނަ އަހަރުގެ ސްޕޯޓްސްމަންގެ އެވޯޑް ލިބިފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
