
ބައިނަލްއަގުވާމީ 9 މުބާރާތެއްގައި ވާދަކުރަން ނިންމާ އައު އަހަރުގެ ރާޒުވާ ކަލަންޑަރު ޗެސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެލުކަވާލައިފިއެވެ. ޗެސް ނުވަތަ ރާޒުވާ ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރު ފަށައިގަންނާނީ ނެޝަނަލް އޯޕަން އެންޑް ވިމެންސް 2025ނެވެ. ފެބުރުއަރީ 2 ން 17 އަށް މާލޭގައި އެ މުބާރާތް ބޭއްވުމަށްފަހު ދެން އޮންނާނީ އޭޕްރީލް 1 ން 30 އަށް ބާއްވަން ނިންމާފައިވާ އިސްޓަރސުކޫލް ފެސްޓިވަލް 2026 އެވެ. ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތަކަށް އޮންނާނީ މޭ 7 ން 15 އަށް ދުބާއީގައި ބާއްވާ ވިމެންސް ޗެސް ޗެމްޕިއަންޝިޕް 2026 އެވެ. ހަމަ މި ތާރީހުތަކުގައި ދުބާއީގައި ބާއްވާ އޭޝިއަން އިންޑިވިޑުއަލް ޗެސް ޗެމްޕިއަންޝިޕްގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ.
ކޮންމެ އަހަރަކުވެސް އެންމެ ފޯރީގައި ބާއްވާ އިންޓަރ އޮފީސް ޗެސް ޗެމްޕިއަންޝިޕް އޮންނާނީ މޭ 20 ން 23 އަށެވެ. އެއަށްފަހު އިންޓަރ ރިސޯޓް މުބާރާތް ތާވަލުކޮށްފައިވަނީ މޭ 25 ން 28 އަށެވެ. ޖޫންމަހު ސްރީލަންކާގައި އޮންނަ ވެސްޓަރން އޭޝިއަން ޗެސް ޗެމްޕިއަންޝިޕްގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ. އެ މުބާރާތް އޮންނާނީ ޖޫން 4 ން 11 އަށެވެ. އެއަށްފަހު އޮންނާނީ ޖޫން 14 ން 22 އަށް ނެޝަނަލް ކުލަބު ޗެސް ޗެމްޕިއަންޝިޕެވެ. ޖޫން 7 ން 27 އަށް ސްރީލަންކާގައި ބާއްވާ އޭޝިއަން ޖޫނިއަރ ރެޕިޑް އެންޑް ކްލެސިކް ޗެސް ޗެމްޕިއަންޝިޕްގައިވެސް ރާއްޖެއިން ވާދަކުރާނެއެވެ.
މި މުބާރާތްތަކަށްފަހު ރާއްޖޭގެ ޗެސް ކުޅުންތެރިންނަށް އޮންނާނީ ޖުލައި 20 ން 30 އަށް ޗައިނާގައި ބާއްވާ 9 ވަނަ އޭޝިއަން ޗެސް ޗެމްޕިއަންޝިޕް 2026 އެވެ. އޭގެފަހުން ރާއްޖެއިން ބައިވެރިވާނީ އޮގަސްޓް 5 ން 20 އަށް އިންޑޮނީޝިއާގައި ބާއްވާ 6 ވަނަ އޭޝިއަން އިންޑިވިޑުއަލް ޗެސް ޗެމްޕިއަންޝިޕް 2026 ގައެވެ. ވޯލްޑް ޗެސް އޮލިމްޕެއިޑް ޗެސް ޗެމްޕިއަންޝިޕް 2026 އޮންނާނީ ސެޕްޓެމްބަރު 4 ން 17 އަސް އުޒުބެކިސްތާނުގައެވެ. މި މުބާރާތުގައިވެސް ރާއްޖެއިން ވާދަކުރާނެއެވެ. ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބޭ ޖޫނިއަރ މުބާރާތް، ނޭޝަނަލް ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް 2026 ތާވަލުކޮށްފައިވަނީ އޮކްޓޫބަރު 5 ން 31 އަށް މާލޭގައި ބޭއްވުމަށެވެ.
ނޮވެމްބަރު 2-22 އަށް ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ ފިޑޭ ސީނިއާ ޗެސް ޗެމްޕިއަންޝިޕް 2026 ގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ. 2026 ވަނަ އަހަރު މާލޭގައި ބާއްވާ އެންމެ ފަހު މުބާރާތަކަށް އޮންނާނީ މޯލްޑިވްސް ކެޑޭޓް ޗެސް ޗެމްޕިއަންޝިޕް 2026 އެވެ. އެ މުބާރާތް އޮންނާނީ ނޮވެމްބަރު 23 ން 2 ޑިސެމްބަރުގެ ނިޔަލަށެވެ. ޗެސްއިން އަހަރު ނިންމާލާނީ 2026 ވަނަ އަހަރު ރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ ފަހު މުބާރާތް، ސައުތު އޭޝިއަން މާޝަލް އާޓްސް ގޭމްސްއިންނެވެ. މި ގޭމްސްގެ ޗެސް އިވެންޓުތަކުގައި ރާއްޖެއިން ޥާދަކުރުމަށް ނިންމާފައިވާއިރު މި ގޭމްސް އޮންނާނީ ޑިސެމްބަރު 9 ން 20 އަށް ސަޢޫދީ ޢަރަބިއްޔާގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
