
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ މެޗު ޓިކެޓް ގަތުމަށް 150 މިލިއަން ރިކުއެސްޓް ލިބިފައިވާކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފި އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާގެ ރައީސް މިހެން ވިދާޅުވެފައިވަނީ އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ މެޗު ޓިކެޓްތަކުގެ އަގު ބޮޑުކަމަށް އާންމުން ބުނެފައިވަނިކޮށެވެ. “ފީފާ އިން ވަނީ ވޯލްޑްކަޕްގެ 7 މިލިއަން ޓިކެޓް ވިއްކުމަށް އިއުލާން ކޮށްފައި. މި ޓިކެޓްތައް ވިއްކަން އިއުލާން ކުރިތާ 15 ދުވަހުގެ ތެރޭގައި 150 މިލިއަން ރިކުއެސްޓް ވަނީ ލިބިފައި. މާނައަކީ އެވްރެޖްކޮށް ދުވާލަކު 10 މިލިއަން ރިކުއެސްޓް ވަނީ ޓިކެޓް ގަންނަން ލިބިފައި.” ދުބާއީގައި ކުރިއަށްދިޔަ ވޯލްޑް ސްޕޯޓްސް ސަމިޓުގައި ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވި އެވެ.
އިންފަންޓީނޯ އިތުރަށް ވިދާޅުވެފައިވަނީ ވޯލްޑްކަޕްގެ 100 އަހަރުވީ ދިގު ތާރީޚުގައި މިހާތަނަށް ވިއްކާފައިވަނީ 44 މިލިއަން ޓިކެޓް ކަމަށާއި ނަމަވެސް މި ފަހަރުގެ މުބާރާތަށް އޮތް ޑިމާންޑާށް ބަލައި 300 އަހަރުގެ ޓިކެޓް ވިއްކިދާނެ ކަމަށާއި އެހެންކަމުން މުބާރާތަށް ބޮޑު ތަރުހީބެއް އެބައޮތް ކަމަށެވެ. ކުރިއަށް އޮތް ވޯލްޑްކަޕްގެ މެޗު ޓިކެޓްތައް ވިއްކަން ފީފާއިން އިއުލާން ކުރުމާއިއެކު ޓިކެޓުގެ އަގު ބޮޑުކަމަށް ވަރަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. މި ފަހަރުގެ ވޯލްޑްކަޕްގެ މެޗު ޓިކެޓެއްގެ އަގު އެވްރެޖްކޮށް އުޅެނީ 2000 އެމެރިކާ ޑޮލަރުން މަތީގަ އެވެ. އަދި ފައިނަލް މެޗުގެ ޓިކެޓެއްގެ އަގު 7000 އެމެރިކާ ޑޮލަރަށް އަރައެވެ.
އިންފަންޓީނޯ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މެޗު ޓިކެޓް ގަންނަން އެންމެ ގިނަ ރިކުއެސްޓް އައިސްފައިވަނީ މުބާރާތް ބާއްވާ އެމެރިކާ އިންނެވެ. އަދި އޭގެ ފަހުން ޖަރުމަން ވިލާތާއި އިނގިރޭސި ވިލާތުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
