
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުގެ ދެ މަޝްރޫއެއްގެ މަސައްކަތް ބައިނަލްއަގްވާމީ ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ. މި މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ނިންމާފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ބީއެމްއެލްއިން އުފެއްދި މި ކުންފުނީގެ މަގުސަދަކީ، ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10-15 ޕަސެންޓް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ޖެހޭ ގަވާއިދާ އެއްގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
ހުޅުމާލޭގައި 1،117 ހައުސިން ޔުނިޓް އެޅުމަށް ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކުރި އިރު، 1،224 ފްލެޓް އެޅުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ވަނީ ހަވާލުކޮށްފަ އެވެ. މި ދެ ކުންފުންޏަކީ ވެސް ބައިނަލްއަގްވާމީ މަޝްރޫއުތަކުގެ ތަޖުރިބާ ހުރި އަދި ރާއްޖޭގައި ކުރިން ވެސް ބޮޑެތި މަސައްކަތްތައް ކޮށްފައިވާ ކުންފުނިތަކެކެވެ. މި ކޮންޓްރެކްޓަރުން ހޮވީ އެމްއެމްއޭގެ އައިއެންއޭއެޗް ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ.
ބީއެމްއެލްއިން ބުނީ، މި މަޝްރޫއު ހިންގަނީ ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” އަދި އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކަމަށާއި، މި ކުންފުނި ހިންގަނީ ޝަރީއާ ހަމަތަކާ އެއްގޮތަށް އެމްއެމްއޭގެ ހުއްދައާ އެކުގައި ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، މި ފްލެޓްތައް ދޫކުރާނީ “ލީސް އެންޑިން ވިތު އޯނަޝިޕް” މޮޑެލްގެ ދަށުން ކުލި ދައްކައި ނިމުމުން މިލްކުވެގެންދާ ގޮތަށެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، މި ފްލެޓުތަކަށް ބޭންކަށް ބިން ދޫކޮށްފައިވަނީ ހިލޭ ކަމަށާއި، ފްލެޓްތައް ދޫކުރާނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ އަދި ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ކަމަށެވެ.
ބީއެމްއެލްއިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި، ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓާ އެކު ޖުމްލަ 3،000 ފްލެޓް އަޅާނެ އެވެ. ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، މި ކޮންޓްރެކްޓްތަކުގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާ އެކު ވެސް އިތުރު ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކުރެވޭނެ އެވެ. މި މަޝްރޫއުތަކުގެ ދަށުން ޖުމްލަ 3،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށޭނެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
