
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެފައިވަނީ، ރައްޔިތުންގެ ވާހަކަތައް ކަނުލާ އަޑުއެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިޔާސީ ދާއިރާގައި ދަސްވި ވަރަށް މުހިންމު ސިފައެއް ކަމުގައެވެ.
ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ނައިބު ރައީސް ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެމަނިކުފާނުގެ ބައްޕާފުޅުގެ ސިޔާސީ ހަޔާތުގައި ކުރިމަތިވި ގޮންޖެހުންތަކާ ހެދި، ސިޔާސީ ދާއިރާއަށް ނުކުންނެވުމަށް ފޫހިކުރެވުނު ކަމުގައި ވިދާޅުވިއެވެ. ނަމަވެސް، ހިޔުމަން ރައިޓްސް ކޮމިޝަންގައި މަސައްކަތް ކުރެއްވިއިރު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ނިމުނު ދުވަސްވަރު ރާއްޖޭގައި ހިނގި ލާއިންސާނީ މަންޒަރުތައް ގާތުން ފެނިވަޑައިގަތުމުން، އެކަންކަން ބަދަލު ކުރެއްވުމަށް ސިޔާސީ ދާއިރާއަށް ވަޑައިގަތުމަށް ބޭނުންފުޅުވި ކަމުގައި ވިދާޅުވިއެވެ. ނައިބު ރައީސް ޤަބޫލުކުރައްވާ ގޮތުގައި ސިޔާސީ ގޮތުން ބުނާ ބަހާއި އަމަލު އެއްގޮތްވާން ޖެހެއެވެ. އަދި ޤައުމާއި ރައްޔިތުންނާއި އަންނަން އޮތް ޖީލަށް ޚިދުމަތް ކުރާނެ ލީޑަރުން ތިބުން މުހިންމުކަމުގައި ދެކެވަޑައިގެން، އަނބިކަނބަލުންނާ މަޝްވަރާކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ނިންމެވިއެވެ. މަޖިލީހުގައި މަސައްކަތް ކުރެއްވި މެންބަރުންނާއި، މިހާރުގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި އޭރުގެ ސަރުކާރުގެ ބޭފުޅުންގެ ފަރާތުން އެއްބާރުލުން ލިބި، ގިނަ ކަންކަން ދަސްވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ވާހަކަތައް ކަނުލާ އަޑުއަހާ، އެ ކަންކަމަށް އިޖާބަދީ ޖަވާބުދާރީވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދަސްވި ވަރަށް މުހިންމު ސިފަތަކެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 10 އަހަރުގެ ތެރޭގައި، ފަރެސްމާތޮޑާ ދާއިރާއަށް އެންމެ ބޮޑު ތަރައްޤީއެއް އައި އެއް ދާއިރާކަމުގައި ވެގެންދިޔައީ ރައްޔިތުންގެ ކަންކަމުގައި މަސައްކަތް ކުރެއްވުމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނު ވަކާލާތު ކުރެއްވުމުގައި، ވަކި ފަރުދެއްގެ މަސްލަޙަތަށްވުރެ މުޅި މުޖުތަމަޢަށް ފައިދާހުރި އަދި ހެޔޮ ބަދަލު އަންނާނެ ކަންކަމަށް އިސްކަންދެއްވާ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
