
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުން ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓް ދޫކުރުމުގެ އުސޫލުތައް އާންމުކޮށްފައެވެ. މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނަށާއި އެހެން ރަށްރަށުގެ ރައްޔިތުންނަށް ދޫކުރާނީ 1250 އަކަފޫޓުގެ ގޯއްޗެވެ. މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެއިންނެވެ. ނަމަވެސް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ލިބޭނީ ހަމައެކަނި ރަސްމާލެއިންނެވެ.
ގޯއްޗަށް އެދެވޭނީ 18 އަހަރުވެފައިވާ، 2026 ޖެނުއަރީ 14 އާ ހަމައަށް މަދުވެގެން އެއް އަހަރު ދުވަހު މާލޭގެ ރަށްވެއްސަކަށް ވެފައިވާ މީހުންނަށެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ގޯތި ލިބޭނީ 2026 ޖެނުއަރީ 14 އާ ހަމައަށް މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާނަމައެވެ. ގޯއްޗަށް ކުރިމަތިލާ މީހުންނަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗެއްގެ ބައެއް މިލްކުވެފައިނުވާން ޖެހޭނެއެވެ. އަދި ކައިވެނިކޮށްގެން އުޅޭނަމަ، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައިވެސް އެފަދަ ބިމެއް ނުއޮންނަންވާނެއެވެ. ވާރުތައިން ނުވަތަ ވަސިއްޔަތަކުން 400 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާނަމަ، އެބައި ދޫކޮށްލަން ޖެހެއެވެ. މީގެއިތުރުން، އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތި، ފްލެޓް ނުވަތަ އިމާރާތެއް ވިއްކައިގެން ނުވަތަ ހިބައިން ދީގެން ނުވާނެއެވެ. މި އުސޫލުގައި ދެ ކެޓަގަރީއެއް ކަނޑައަޅާފައިވީ ނަމަވެސް، ގެދޮރުވެރިކަމާބެހޭ ވުޒާރާއަށް އިތުރު ކެޓަގަރީތައް ކަނޑައެޅޭނެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ފްލެޓް ދޫކުރުމަށް ދެ މޮޑެލެއް ހިމެނެއެވެ. އެއީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް (ސަބްސިޑައިޒްކޮށްފައިވާ އަގުގައި ގެދޮރު ގަނެވޭނެ) އާއި ރެންޓް-ޓު-އޯން މޮޑެލް (ކުލީގެ ގޮތުގައި ފައިސާ ދައްކައި ނިމުމުން މިލްކު ކުރެވޭނެ) އެވެ. އެފޯޑަބަލް ހޯމް މޮޑެލަށް އެދެވޭނީ ބޭންކު ނުވަތަ ފައިނޭންސިންގ އިދާރާއަކުން ލޯނު ލިބޭނެ ޝަރުތު ހަމަވާ، އަދި ފުރަތަމަ ފަހަރަށް ގެދޮރު މިލްކުކުރަން އެދޭ މީހުންނަށެވެ. ރެންޓް-ޓު-އޯން މޮޑެލަށް ޝަރުތު ހަމަވާނީ މަހު އާމްދަނީ 60,000 ރުފިޔާއަށްވުރެ ދަށް ފަރާތްތަކަށެވެ. ފްލެޓަށް އެދެވޭނީ ގޯއްޗަށް އެދޭ މީހުންނާ އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތަކަށެވެ. އެއީ 18 އަހަރުވެފައިވާ، 2026 ޖެނުއަރީ 14 އާ ހަމައަށް މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި، އެހެން ރަށްރަށުގެ މީހުންނަށްނަމަ، 2026 ޖެނުއަރީ 14 އާ ހަމައަށް މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާ ފަރާތްތަކަށެވެ. ގޯއްޗާ ގުޅޭ ހެން ފްލެޓަށް އެދޭ މީހުންނަށް ނުވަތަ އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތި ބައެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އޮވެގެން ނުވާނެއެވެ.
ބޯހިޔާވަހިކަން ދޫކުރުމުގައި އިސްކަންދޭ ފަރާތްތައްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަލަތު ކައިވެނިކުރާ ފަރާތްތައް ނުވަތަ ޒުވާން އާއިލާތަކާއި، މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި، މަސްވެރިންނާއި، މައިމުޅަވުމުގެ ސަބަބުން ގޯތި ގެދޮރު ލިބުމުން މަހުރޫމްވެފައިވާ ފަރާތްތަކާއި، ވެށިފަހި މާލެއާއި ހިޔާ މަޝްރޫޢުން ފްލެޓް ލިބި، ނުލިބި ހުރި ފަރާތްތަކާއި، ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅޭ ފަގީރު އާއިލާތަކާއި، ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތަކާއި، މިނިސްޓްރީން އިއުލާންކުރާ އިދާރާތަކުގެ މުވައްޒަފުން ހިމެނެއެވެ. ސަރުކާރުން އާންމުކުރެއްވި އުސޫލުގައި ގޯއްޗާއި ފްލެޓަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ލިބޭނެ ގޮތްވެސް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
