
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ އަޑަކީ މުހިއްމު ބައިވެރިއެއް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ “ބާއްޖަވެރި ހެނދުނެއް” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ، ވޭތުވެދިޔަ 63 އަހަރު ދިވެހިރާއްޖޭގެ އަޑުން ޤައުމީ ޚިދުމަތެއް ފޯރުކޮށްދީފައިވާ ކަމަށާއި، ޤައުމުގެ އިޖުތިމާޢީ ފޭރާން ހަރުދަނާކޮށް، ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ތެދު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް މަސައްކަތް ކުރެއްވި ހުރިހާ ވެރިންނާއި މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރޭޑީއޯއާއެކު އޮތް އެންމެ ހިތްގައިމު ހަނދާނެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަކުރެއްވީ، ރޭޑީއޯ މެދުވެރިކޮށް ގެނެސްދެމުން ދިޔަ ފުޓުބޯޅަ ކޮމެންޓްރީގެ ތެރެއިން ފުޓުބޯޅައަށް ޖެހުނު ލޯތްބެވެ.
ދިވެހިރާއްޖޭގެ އަޑުގެ ކުރިމަގާ މެދު ކުރައްވާ އުއްމީދެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ، ޒަމާނުއްސުރެ އަޑުން ގެނެސްދެއްވި މަޢުލޫމާތާއި، މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި، އިހުގެ ސަޤާފީ ކަންކަން ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ޕްލެޓްފޯމެއްގެ ތެރެއިން ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭ ދުވަހެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
