
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރުގެ ދައުރު ނިމޭއިރު މަސްވެރިކަމުން ލިބޭ ޢާމްދަނީ ދެގުނަ ވެގެންދާނެ ކަމަށެވެ. މީގެ ކުރިން މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ރާއްޖޭގައި ބާނާ މަސް އަގު އެއްކޮށްގެން ބޭރުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 40 އަހަރެއްގެ ތެރޭގައި ޤާއިމުކުރެވިފައިވަނީ ފެލިވަރުގައި ހުރި 50 ޓަނުގެ އެންމެ ފެކްޓްރީއެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގައި ބޭރުކުރެވޭ ހުރިހާ ބާވަތެއްގެ މަސް އަގު އެއްކޮށްގެން ބޭރުކުރުމަށެވެ.
މިހާރު 50 ޓަނުގައި ހުރި މަސް އެގުއެޑުކުރާ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރަމުންދާ ކަމަށާއި، މި މަސައްކަތްތަކުގެ ބޮޑުބައެއް 2026 ވަނަ އަހަރު ފެނިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަހަރަކު މަސްވެރިކަމުން ލިބޭ 92 މިލިއަން ޑޮލަރު، މި 5 އަހަރު ދައުރުގެ ތެރޭގައި 270 ނުވަތަ 280 މިލިއަން ޑޮލަރަށް އިތުރުކުރުމަކީ އަމާޒެއް ކަމަށާއި، އެކަމަށް އަންނަ އަހަރު ފަހި ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް މިހާރު ފަށާފައިވާ ކޯލްޑް ސްޓޯރޭޖްތަކުގެ ބޮޑުބައެއް ނިންމާލައި، ބައެއް ކޯލްޑް ސްޓޯރޭޖްތައް އޮޕަރޭޝަނަށް ގެނައުމަކީ ވެސް އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
