
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި ދައުލަތަށް ލިބޭ އާމުދަނީ އިތުރުވެ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކުގެ މަސައްކަތް ހަލުއިވެފައިވެއެވެ. މި ކުރިއެރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ޚިދުމަތްތަކުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ.) އިތުރުވުމުގެ ސަބަބުންނެވެ. މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމުދަނީއާއި ހިލޭ އެހީ 36.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މިމުއްދަތުގައި ލިބުނު އަދަދަށްވުރެ 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 އިންސައްތަ އިތުރުވުމެކެވެ. އާމުދަނީ އެންމެ ބޮޑަށް އިތުރުވީ ޓީ.ޖީ.އެސް.ޓީ. އިން ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ޓެކްސްގެ ގޮތުގައި ޖުމްލަ 27.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން 9.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިމަހުގެ 18ގެ ނިޔަލަށް ޖުމްލަ ޚަރަދުތައް ހުރީ 38.9 ބިލިއަން ރުފިޔާގައެވެ. ފާއިތުވި ހަފްތާގައި ޚަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ދަރަނީގެ ޚިދުމަތަށް ކުރި ޚަރަދުތަކެވެ. ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މިމުއްދަތުގައި ކުރި ޚަރަދަށްވުރެ 5.3 އިންސައްތަ ކުޑަ އަދަދެކެވެ. ޕީއެސްއައިޕީއަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ބައި ކަމަށްވާ 4.4 ބިލިއަން ރުފިޔާ ޚަރަދުކުރެވުނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. މީގެތެރޭގައި އެއަރޕޯޓު ތަރައްގީ ކުރުމަށް 3.2 ބިލިއަން ރުފިޔާ އަދި ބުރިޖު ހެދުމަށް 870.3 މިލިއަން ރުފިޔާ ހިމެނެއެވެ. ސިއްޙީ ދާއިރާއަށް ކުރި ޕީއެސްއައިޕީ ޚަރަދުތައް މިދިޔަ އަހަރަށްވުރެ 307.7 މިލިއަން ރުފިޔާ އިތުރުވެ، 453.1 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 2.0 ބިލިއަން ރުފިޔާއަށް ވަނީ ކުޑަވެފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރިޕޯޓު ކުރި 11.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 9.5 ބިލިއަން ރުފިޔާ ނުވަތަ 82.5 އިންސައްތަ ކުޑަ އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
