
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާއާއި މަރުކަޒީ ބޭންކުގެ ގޮތުގައި ޙަރަކާތްތެރިވާ އިދާރާއިން އެކުގައި ނެރުނު ރިޕޯޓެއްގައި ފާއިތުވި އަހަރުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ބުނެފިއެވެ. 2023ވަނަ އަހަރާ އަޅާ ބަލައިއިރު 2025ވަނަ އަހަރުގެ ތެރޭގައި ޣައްޒާގެ އިޤްތިޞާދު ވަނީ 84 އިންސައްތަ ދަށަށް ގޮސްފައެވެ. ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އިޤްތިޞާދު ވެސް 13 އިންސައްތައިން ވަނީ ހީނަރުވެފައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުގެ ކުރިން އެ ޤައުމުގެ އިޤްތިޞާދީ ޙާލަތާ އަޅައިބަލާއިރު މިހާރުގެ ޙާލަތު ވަނީ އެތައް ގުނައެއް ދަށަށް ގޮސްފައެވެ. އެ ޤައުމުގެ އިޤްތިޞާދުގެ ނާޒުކުކަމާއި އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭނެ މާ ބޮޑު މަސައްކަތެއް ނެތް ކަން އެ ކަމުން ދޭހަވާ ކަމަށް އެ އިދާރާތަކުން ފާހަގަކުރެއެވެ. މި އަހަރުގެ ތެރޭގައި ޣައްޒާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް 77 އިންސައްތައަށްވުރެ މައްޗަށް އުފުލިފައިވާއިރު ވިޔަފާރި މުޢާމަލާތްތަކުގެ ނިސްބަތް ވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.
ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އެެތެރެކުރާ މުދަލުން ނަގައި ޓެކްސްއާއި ކަސްޓަމްސް ޑިއުޓީ އަކީ ފަލަސްޠީނުގެ ސަރުކާރަށް ލިބެންޖެހޭ ފައިސާއެއް ނަމަވެސް އެ ފައިސާއާ ޙަވާލު ވަނީ ޔަހޫދީންނެވެ. މި ފައިސާ ޔަހޫދީން ފަލަސްޠީނުގެ ސަރުކާރާ ޙަވާލެއް ނުކުރެއެވެ. މިހާރު ވެސް ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްޠީނިއަން އޮތޯރިޓީ، ޕީއޭއަށް ލިބެންޖެހޭ މި ފަދަ 4.5 ބިލިޔަން އެމެރިކާ ޑޮލަރު ޔަހޫދީންވަނީ ހިފަހައްޓައިފައެވެ. އޭގެ ސަބަބުން މުސާރަ ދިނުމަށާއި ދަރަނި ޢަދާ ކުރުމަށް ދަތިވެ، ސަރުކާރު ހިންގުމަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އާންމު ދަރަނީގެ ޢަދަދު 14.6 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައިއިރު އެއީ އެ ޤައުމުަގެ އިޤްތިޞާދަށް ވުރެ ބޮޑު ޢަދަދެކެވެ. އެއާއެކު ފަލަސްޠީނުގެ ބަޖެޓު ޑެފިސިޓް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފަލަސްޠީނުގެ ސަރުކާރުން ބުނީ މިހާރު ކުރިމަތިވެފައިވާ ޙާލަތަކީ 1994ވަނަ އަހަރުގެ ތެރޭގައި ޕީއޭ ޤާއިމްކުރި ފަހުން ކުރިމަތިވެފައިވާ އެންމެ ދަތި އުނދަގޫ ދުވަސްތައް ކަމަށެވެ. އިމާރާތް ކުރުމުގެ ދާއިރާއާއި ސިނާޢީ ދާއިރާގެ އިތުރުން ދަނޑުވެރިކަމާއި ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް ހުރިހާ ދާއިރާއަކުން ވެސް އިޤްތިޞާދީ ޙަރަކާތްތައް މަޑުޖެހިފައިވާއިރު، އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ.
އެއާއެކު އިޖުތިމާޢީ ރައްކާތެރިކަން އިތުރުކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ އިތުރުން ވިލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފަލަސްޠީނުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. ނަމަވެސް ޔަހޫދީން ފަލަސްޠީނުގެ އާމްދަނީ ހިފަހައްޓަމުންދާ ކަމަށް ވާނަމަ، އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ނުލިބޭނަމަ ފަލަސްޠީނުގެ އިޤްތިޞާދު އިނދަޖެހުން ގާތް ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
