
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހުން ފެށިގެން މިހާތަށް ފަލަސްޠީނުގެ ނޫސްވެރިންގެ 706 ޢާއިލީ މެންބަރުން ޔަހޫދީން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްޠީނުުގެ ނޫސްވެރިކަމާބެހޭ ޖަމްޢިއްޔާއެއް ކަމަށްވާ ފަލަސްޠީނިއަން ޖާނަލިސްޓްސް ސިންޑިކޭޓް (ޕީޖޭއެސް)ގެ ފްރީޑޮމްސް ކޮމިޓީއިން ނެރުނު ރިޕޯޓެެއްގައި ބުނެފިއެވެ. 2023ވަނަ އަހަރު ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ 300އެއްހާ ނޫސްވެރިންނާއި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން ޔަހޫދީން ޝަހީދުކޮށްލާފައިވެއެވެ. ޕީޖޭއެސްގެ ރިޕޯޓުގައި ބުނީ ނޫސްވެރިންގެ ޢާއިލީ މެންބަރުންނަށް އަމާޒުކޮށް ޚާއްޞަ ރޭވުންތެރި ޙަމަލާތައް ޔަހޫދީން ދީފައިވާ ކަމަށާއި އެ މީހުން ޝަހީދުވެފައި ވަނީ ޢާންމު ޙަމަލާތަކުގައި ނޫން ކަމަށެވެ. ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ނޫސްވެރިންގެ އަނބިދަރިންނާއި މައިންބަފައިންނާއި ގާތް ތިމާގެ އެހެން މީހުން ހިމެނޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023ވަނަ އަހަރު އެކަނި ވެސް ނޫސްވެރިންގެ ޢާއިލާތަކަށް ނިސްބަތްވާ 436 މީހުން ޝަހީދުކޮށްލާފައިވެއެވެ. 2024ވަނަ އަހަރުގެ ތެރޭގައި 203 މީހުން ޝަހީދު ކޮށްލާފައިވާއިރު މި އަަހަރުގެ މިހާތަނަށް 67 މީހުން ޝަހީދުކޮށްލާފައިވެއެވެ. ޕީޖޭއެސްއިން ބުނީ ގެދޮރު ގެއްލުމުގެ ސަބަބުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެ ފޭލިގެތަކުގައި ނޫސްވެރިންގެ ޢާއިލާތައް ދިރިއުޅެމުން ދިޔަ އިރު ވެސް އެ މީހުންނަށް އަމާޒުކޮށް ޚާއްޞަ ޙަމަލާތައް ޔަހޫދީން ދީފައިވާ ކަމަށެވެ. ނޫސްވެރިންނަށް ބިރުދައްކައި އެ މީހުންގެ މަސައްކަތް ހުއްޓުވައި އަޑު ކަނޑުވައިލުމުގެ މަޤުޞަދުގައި ދީފައިވާ މި ޙަމަލާތަކަކީ ޢާއިލާ މެންބަރަކީ ވަކި މަސައްކަތެއް ކުރާ މީހަކަށް ވީތީ ޢާއިލީ މެންބަރުންނަށް އަމާޒުކޮށްފައިވާ “ޢާންމުވެގެންވާ ޢަދަބެއް”ގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފްރީޑޮމްސް ކޮމިޓިގެ އިސްވެރިޔާ، މުޙައްމަދު އަލްލައްހާމް ވިދާޅުވީ 2023ވަނަ އަހަރާއި 2025 އަހަރާ ދެމެދު ޔަހޫދީން ދީފައިވާ ޙަމަލާތަކުން ރޭވުންތެރި ތަރުތީބެއް ފާހަަގަވާ ކަމަށެވެ. އެއިން ދޭހަކޮށްދެނީ ޣައްޒާގެ ނޫސްވެރިންގެ މަސައްކަތް ހުއްޓުވުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީން ހަނގުރާމަކުރަމުން ދަނީ ހަޤީޤަތާ ދެކޮޅަށް ކަމަށާއި، ނޫސްެވެރިން ބޭނުންކުރާ އާލާތްތަކާއި އެ މީހުންގެ ޢާއިލީ މެންބަރުންނާ ދެމެދު ޙަމަލާ ދިނުމުގައި ޔަހޫދީން ތަފާތު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނޫސްވެރިންގެ ޝަހީދުވެ ގޮސްފައިވާ ޢާއިލީ މެންބަރުންގެ ލެޔަކީ ފަލަސްޠީނުގެ އަޑު ކަނޑުވައިލަން ޔަހޫދީން ކުރަމުންދާ މަސައްކަތުގެ ހެއްކެެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
