
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންއިން ޞުލްޙަވުމަށް ބޭނުން ނުވާ ކަމަށާއި، އެ ޤައުމުން ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރަން ނޭދޭނަމަ ރަޝިޔާއިން ބޭނުންވާ ކަންކަން ޙާޞިލް ކުރާނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވިދާޅުވެއްޖެއެވެ. ޕުޓިން މިހެން ވިދާޅުވެފައި ވަނީ ރަޝިޔާއިން ޔޫކްރެއިންއަށް ވަރުގަދަ ޑްރޯން އަދި މިސައިލް ޙަމަލާތަކެއް ދިނުމުން، އެ ކަމުން ދައްކުވައިދެނީ ޔޫކްރެއިންއާ ޚިލާފަށް ރަޝިޔާއިން ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ ހަނގުރާމަ އަދިވެސް ކުރިއަށް ގެންދަން ބޭނުންވާކަން ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީތު ޒެލެންސްކީ ވިދާޅުވެފައިވަނިކޮށެވެ.
ހަތަރު އަހަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޔޫކްރެއިނުން ހަނގުރާމަ ހުއްޓައިލުމަށް ބޭނުން ނުވާ ކަމަށް ޕުޓިން މި ދަނޑިވަޅުގައި ދެންނެވުމުން މަޝްވަރާތަކުގައި ޔޫކްރެއިންއިން އެއްބާރުލުން ނުދޭނެ ކަމަށް ރަޝިޔާއިން ޤަބޫލުކުރާ ކަން ދޭހަވެއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ އެ ޤައުމުގެ އަސްކަރީ ފައުޖުން ޔޫކްރެއިންގެ ދޮނެސްކްއާއި ޒަޕޮރީޖާ ސަރަޙައްދުގެ ގިނަ އަވަށްތަކެއް ހިފާފައިވާ ކަމަށެވެ. ނަމަވެސް ޔޫކްރެއިނުން އެ ކަން ދޮގުކުރެއެވެ. ޔޫކްރެއިނުން ބުނީ ދެ ޤައުމުން އަދިވެސް ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދާ ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގެ އެންމެ އަދާހަމަ މަޢުލޫމާތު މި ޙާލަތުގައި ކަށަވަރުކުރުމަށް އެކި ހުރަސްތައް އެބަހުއްޓެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
