
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސްވިޒަލެންޑަށް ވަރުގަދަ އަސްކަރީ ޙަމަލާއެއް ދީފި ނަމަ ދިފާޢުވެވޭނެ ކުޅަދާނަކަން އެ ޤައުމުގެ ކިބައިގައި ނެތް ކަމަށާއި، ރަޝިޔާގެ ކިބައިން ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަސްކަރިއްޔާއަށް ޚަރަދުކުރާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް އެ ޤައުމުގެ ހަތިޔާރު އެޅި ފައުޖުގެ އިސްވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ތޯމަސް ޒުސްލީ ވިދާޅުވެއްޖެއެވެ. ޒުސްލީ ވިދާޅުވީ ޖަމާޢަތަކުން ދޭ ޙަމަލާއަކާ ކުރިމަތިލުމުގެ ޤާބިލުކަން ސްވިޒަލެންޑަށް ލިބިފައިވި ނަމަވެސް ޤައުމެއްގެ އަސްކަރިއްޔާއިން ދޭ ޙަމަލާއަކަށް ކުރިމަތިލުމަށް އެ ޤައުމު ތައްޔާރު ނޫން ކަމަށެވެ. ޒުސްލީ ވަނީ ހަޤީޤީ ކުއްލި ޙާލަތެއްގައި ޙަރަކާތްތެރިވެވޭނީ އެ ޤައުމުގެ ސިފައިންގެ ތެރެއިން ތިންބައި ކުޅަ އެއް ބަޔަަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ފާއިތުވި އަހަރުތަކުގައި ސްވިޒަލެންޑުން ދަނީ އަސްކަރިއްޔާއަށް ޚަރަދުކުރާ މިންވަރު އިތުރުކޮށް ޒަމާނީ ހަތިޔާރާއި އެހެނިހެން ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޚަރަދު ބޮޑުވެ، މާލީ ފިއްތުންތައް ހުރި މި ދަނޑިވަޅުގައި މި ފަދަ ޚަރަދު ކުރުމަކީ އެދެވިގެންވާ ކަމެއްތޯ އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ޒުސްލީ ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަކުރަމުން ދިޔަ ނަމަވެސް، އަދި ވިލާތުގެ ހަމަޖެހުން ނަގައިލުމަށް ރަޝިޔާއިން މަސައްކަތް ކުރި ނަމަވެސް އަސްކަރިއްޔާއާމެދު މީހުން ދެކޭ ގޮތަށް ބަދަލު އައިސްފައި ނުވާ ކަމަށެވެ. ހަނގުރާމަ ކުރަމުންދާ ސަރަޙައްދާ ސްވިޒަލެންޑާ ދުރުގައި އޮތުމާއި، ފަހުގެ ތާރީޚެއްގައި އެ ޤައުމުން ހަނގުރާމައެއް ކޮށްފައި ނެތުމުގެ އިތުރުން ވަކި ކޮޅަކަށް ނުޖެހުމަކީ ރައްކާތެރިކަން ލިބޭ ކަމެއް ކަމަށް ޤަބޫލުކުރުމަކީ އަސްކަރިއްޔާއާމެދު އޮންނަ ވިސްނުމަށް ބަދަލު ނާންނަ ސަބަބުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
2032ވަނަ އަހަރާ ހަމައަށް ދިފާޢީ ކަންކަމަށް ސްވިޒަލެންޑުން ޚަރަދުކުރާ ޢަދަދު އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 1 އިންސައްތައަށް އިތުރުކުރުމަށް އެ ޤައުުމުން ދަނީ މަސައްކަތްކުރަމުންނެވެ. ދިފާޢީ ކަންކަމަށް އެ ޤައުމުން މިހާރު ޚަރަދު ކުރަނީ މި ނިސްބަތުގެ 0.7 އިންސައްތައެވެ. ނަމަވެސް ނޭޓޯ ޤައުމުތަކުން ވަނީ އުފެއްދުންތެރިކަމުގެ ނިސްބަަތުގެ 5 އިންސައްތަ އަސްކަރީ ބޭނުންތަކަށް ޚަރަދު ކުރުމަށް އެއްބަސްވެފައެވެ. ސްވިޒަލެންޑު މިހާރު ގެންގުޅޭ ދުވެލީގައި އަސްކަރީ ޚަރަދުތައް އިތުރު ކުރާނަމަ އެ ޤައުމުން ހަނގުރާމައަކަށް ފުރިހަމައަށް ތައްޔާރުވެވޭނީ 2050 ވަނަ އަހަރުއެވެ. މިހާރު ކުރިމަރިވެފައިވާ ނުރައްކާތަކަށް ބަލައިނަމަ އެއީ މާ ލަސް ތާރީޚެއް ކަމަށް ޒުސްލީ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
