
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ޓީމުތަކަށް ހިތްވަރު ދިނުމުގެ ގޮތުން މޯޓިވޭޝަނަލް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. އެފްއޭއެމްއިން އިންތިޒާކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފަވަނީ އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. ތަޖުރިބާކާރު މޯޓިވޭޝަނަލް ސްޕީކަރ ހުސައިން އަފީފް ކުރިއަށް ގެންދެވި މި ސެޝަނުގައި ބައިވެރިވެފައި ވަނީ ގައުމީ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމާއި ފުޓްސަލް ޓީމެވެ. މިފަދަ ސެޝަނެއްގެ ބޭނުމަކީ ކުޅުންތެރިންނަށް ހިތްވަރުދީ ނަފްސާނީގޮތުން ކުޅުންތެރިން ތައްޔާރުކުރުމެވެ. މި ސެޝަނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު ވިދާޅުވީ މިފަދަ ސެޝަނެއް ބޭއްވުމުގެ މަގްސަދަކީ ކުޅުންތެރިންގެ މައިންޑްސެޓް ރަނގަޅުކުރުންކަމަށެވެ. ކުޅުންތެރިން ކުރިއެރުވުމަށް ފިޒިކަލް އަދި ޓެކްޓިކަލް ޓްރޭނިންތައް ދެވުނު ނަމަވެސް ނަފްސާނީ ދުޅަހެޔޮކަން ނެތި ކާމިޔާބީއަށް ވާސިލުވުމަށް ދަތިވާނެކަން ޒަރީރު ފާހަގަކުރެއްވިއެވެ. މި ސެޝަނަކީ ކުޅުންތެރިންގެ ވިސްނުމާއި ފިކުރަށް އަންނަ އުނދަގޫތަކާއި ދުރުކޮށް ޕޮޒިޓިވް މައިންޑްސެޓަކަށް ތައްޔާރުކުރުމަށް ބޭއްވުނު ސެޝަނެއްކަމަށް އޭނާ ވަނީ ހާމަކުރައްވާފައެވެ. މިއީ އެފްްއޭގެ ރައީސްގެ ޚާއްސަ އިސްނެއްގެވުމުގެ މަތިން ކުރިއަށް ގެންދެވުނު މުހިންމު ސެޝަނެއްކަމަށް ޒަރީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ހިތަށް އެރީ ވަރަށް ބައިވަރު ޓްރޭނިންތައް އެބަ ދެވެޔޭ ޓީމަށް، ފިޒިކަލީވެސް ޓެކްޓިކަލީވެސް ޓްރޭނިން އެބަދެވޭ ދަނޑުގަ. އެކަމަކު ބައެއް ފަހަރު މުބާރާތްތަކަށްދާއިރު ކުޅުންތެރިންގެ ވިސްނުމާއި ފިކުރާ މިއެއްޗިއްސަކީވެސް ވަރަށް ބޮޑު އެއްޗެއް. ރަނގަޅު މައިންޑްސެޓެއްގަ މަސައްކަތްކޮށްގެން ކާމިޔާބު މި ލިބެނީ” ޒަރީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޒަރީރު ވިދާޅުވީ މިފަދަ ސެޝަންތަކުގެ ސަބަބުން ގައުމީ ޓީމުގެ ކުޅުންތެރިން ބައިނަލްއަގްވާމީ ފެންވަރުގައި ގައުމު ތަމްސީލުކުރާއިރު، ކުޅުންތެރިންގެ ވިސްނުން، ކާމިޔާބަށް މަސައްކަތްކުރުމަށް ބައްޓަންކުރުމުގައި އެހީއަކަށް ވެގެންދާނެކަމަށެވެ. “މީގެ އެންމެ ބޮޑު ބޭނުމަކީ ކުޅުންތެރިން މުބާރާތްތަކަށް ދާއިރު، ރާއްޖެ ރެޕްރެޒެންޓުކުރާއިރު ކުޅުންތެރިންގެ ވިސްނުމާއި ފިކުރާއި އެކުޅުންތެރިން މެޗަށް ރެޑީވާއިރުވެސް ކުޅުންތެރިންގެ ކާމިޔާބު ހޯދަން ބައްޓަންކުރުން” ޒަރީރު ވިދާޅުވިއެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމުން ތައްޔާރުވަމުން އަންނައިރު މުބާރާތުގެ ކުރިން ޗައިނާގައި ކޭމްޕްކުރުމަށް ގައުމީ ފިރިހެން ފުޓްސަލް ޓީމު މާދަމާ ފުރާނެއެވެ. މިމުބާރާތް ކުރިއަށްދާނީ އަންނަ ޖެނުއަރީ މަހުގެ 14 އިން 26 އަށް ބެންކޮކްގެ ނޮންތުބުރި ސްޓޭޑިއަމްގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
