
(ފޮޓޯ ކްރެޑިޓްސް: އެންވައިރަމަންޓް މިނިސްޓްރީ)
ސަރުކާރުގެ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި އިންދާ ގަސްތަކަށް ފެންދިނުމަށް ބޭނުން ކުރާނެ އުޅަނދުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ، ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ މައުލޫމާތު ހިއްސާކޮށްދެއްވާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 1،027،372 ގަސް އިންދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދޭނެ ކަމަށް އެކި މުޢައްސަސާތަކާއި، އަމިއްލަ ފަރާތްތަކުން ޔަޤީންކަން ދީފައިވެއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ސަރުކާރުން މިއަހަރު ހާސިލްކުރަން އަމާޒު ހިފި 1 މިލިޔަން ގަސް އިންދުމުގެ އަމާޒު ހާސިލްވެފައިވާއިރު، މި ޕްރޮގްރާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެކި ސަރަހައްދުތަކުގައި އިންދާ ގަސްތަކަށް ފެންދޭނެ ގޮތްތައްވެސް ދަނީ ހޯދަމުންނެވެ. “އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ބޮޑެތި ރަށްރަށުގައި ގަސްތަކަށް ފެން ދިނުމަށް، މަގުތަކުގައި ހުންނަ ގަސްތަކަށް ފެން ދިނުމަށް އަޅުގަނޑުމެން މިދަނީ އިލެކްޓްރިކް ވެހިކަލް ހޯދުމުގެ މަސައްކަތް ކުރަމުން. ގަސްތަކުގެ ހެދި ބޮޑުވުމަށް ފެން ދިނުމަކީ މުހިންމު ކަމެއް. އެހެންވެ ފެނާއެކު ދިއުމަށް ނޫނީ ފެން ދިނުމަށް އިލެކްޓްރިކް ވެހިކަލް ހޯދުމުގެ މަސައްކަތް އެބަކުރަން ” ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އަމާޒުގެ 5 ބައިކޮށްފައި އެއްބައި ހާސިލްވެފައިވާއިރު، މި ޕްރޮގްރާމުގެ ދަށުން މިއަދާ ހަމައަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 2 ހައިވަކަރު ގަސް ވަނީ އިންދާފައެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ކޮންމެ ވައްތަރެއްގެ ގަހެއް އިންދުމަކީވެސް ރާއްޖެއަށް އިތުރު ފެހިކަމެއް ގެނެސްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މާޙައުލެއް ކަށަވަރު ކޮށްދިނުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ގިނަ އަދަދެއްގެ ގަސް އިންދާފައިވާއިރު، މިކަމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާތަކާއި، ސްކޫލުތަކާއި، ކައުންސިލުތަކުގެ އިތުރުން ރައްޔިތުންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށެވެ. އަދި ކޮންމެ ބާވަތެއްގެ ގަހެއް އިންދުމަކީވެސް ދިވެހިރާއްޖެ އިތުރަށް ފެހިވެ، ދުޅަހެޔޮ މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މަޝްރޫޢުގެ އޮފިޝަލުން ވިދާޅުވެއެވެ.
ކުރިއަށް އޮތްތަނުގައިވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް އިތުރުކޮށް، 5 މިލިޔަން ގަހުގެ ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ނިމިގެންދާއިރު، ދިވެހިރާއްޖެ ވާނީ އިތުރަށް ފެހިވެ، ދުޅަހެޔޮ މާޙައުލެއް ޤާއިމުވެފައިވާ ޤައުމަކަށް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
