
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ރާއްޖޭގެ ފުޓުބޯޅަ އަލުން ދިރުވާ އާލާކުރުމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް އަށް އެހީތެރިކަން ފޯރިކޮށްދިނުމާއި ގުޅޭ 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ސޮއި ކޮށްފިއެވެ. ހޯމަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެކި ގޮތްގޮތުން ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ބީއެމްއެލް އަކީ މިހާރު ކުރިޔަށްދާ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓްލް ސްޕޮންސަރއެވެ. މީގެ އިތުންވެސް އެފްއޭއެމްގެ ޕާޓްނަރަކަށް ވުމާއެކު ކުރިޔަށް ހުރި މުބާރާތްތަކުގައި ބީއެމްއެލްގެ ފުރިހަމަ އެއްބާރުލުން ކުރިޔަށް މިއޮތް އޮތް 3 އަހަރަށް އެކި މުބާރާތަކަށް އެފްއޭއެމަށް ލިބޭނެއެވެ.
އެފްއޭއެމް އާއި ބީއެމްއެލްއާއި ދެމެދު ވެފައިވާ މި ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއި ކުރެއްވީ، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤެވެ. އެފްއޭއެމް އިން ބުނީ މި ސޮއި ކުރެވުނު އެއްބަސްވުމާއެކު، މި ދެ އިދާރާގެ ޕާޓްނަރޝިޕުން ދޭހަކޮށްދެނީ ރާއްޖޭގެ ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށް ބީއެމްއެލް އިން ދޭ އިސްކަން ކަމަށާއި، އެފްއޭއެމަށް ކުރާ އިތުބާރު ކަމަށެވެ. އެހެންކަމުން އެފްއޭއެމަށް ކުރާ އިތުބާރާއި ޔަގީންކަމާއި ބަހައްޓާ ގާތްކަން ފާހަގަކޮށް ބީއެމްއެލް އަށް ޝުކުރު އަދާކުރާކަމަށެވެ. ބީއެމްއެލް އާއި އެފްއޭއެމް އާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިޔަށް އޮތް ރީޖަނަލް ލީގުތައް ކަމަށްވާ، ނޯތު ޒޯނާއި، ސެންޓްރަލް ޒޯނާއި ސައުތު ޒޯންގެ ޓައިޓްލް ސްޕޮންސަރަކީ ބީއެމްއެލް ކަމަށް އެފްއޭއެމުން ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލްގެ ފުރިހަމަ އެއްބާރުލުމާއެކު މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ އަތޮޅު މުބާރާތުގެ މެޗުތައް ކުޅެމުންނެވެ. އަތޮޅު މުބާރާތަށްފަހު ރީޖަނަލް މުބާރާތް ބާއްވާ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެވޭ ގޮތަށް ހަމަޖެހިފައިވާއިރު މިހާރު ޕްރިމިއާ ލީގުގައި އޮތް 10 ކުލަބުގެ ތެރެއިން ފުލަށްދާ ދެ ޓީމު ފުރަތަމަ ޑިވިޝަނުން ބޭރުވާނެއެވެ. އަދި އަތޮޅުތެރެއިން އަންނަ ޓީމުތަކަށް ފުރަތަމަ ޑިވިޝަނަށް އައުމުގެ ފުރުސަތު އަލުން މިއޮތީ ހުޅުވާލާފައެވެ. އަތޮޅު ފުޓުބޯޅަ ކުރިއެރުވުމަށް ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާއިން 266000 ޑޮލަރު ދޭން ވަނީ ނިންމާފައެވެ. މި އެހީތެރިކަން އެފްއޭއެމަށް ފީފާއިން ދޭން ފަށާފައިވާއިރު މިކަން އިއުލާނު ކުރެއްވީ އޮކްޓޯބަރު 2025 ގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން ފީފާގެ ވެބްސައިޓުގައެވެ.
އަތޮޅު މުބާރާތުގައި 49 ޖަމިއްޔާއަކުން ވާދަކުރަމުންދާއިރު މި މުބާރާތުގެ އަތޮޅު ބުރަށް ފަހު ރީޖަނަލް ބުރެއް ކުޅެ އަންނަ އަހަރު ދިވެހި ޕްރެމިއާ ލީގަށް ދެ ޓީމެއް ކޮލިފައިވާނެއެވެ. އެފްއޭމް އާއި ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ބައުވެ ވީރާނާވަމުން އަންނަ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ދަނޑު ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމަކަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ އިމާރާތް އަލުން ބިނާކޮށް ތަރައްޤީކުރުމުގެ ޕްލޭންތައް ރާވާ އަލުން ފުޓުބޯޅަ އިހުއޮތް ހިސާބަށް އަދި އެއަށްވުރެވެސް މައްޗަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ފީފާ އާއި ކަމާގުޅޭ ފަރާތްތަކާއެކު އެފްއޭއެމް އިން އަންނަނީ މަޝްވަރާތައް ކުރައްވާ ފައިނޭންސް ހޯއްދަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
