
ސަންޓޯސް އާއި ބްރެޒިލްގެ ފޯވަޑް ނޭމާގެ މެނިސްކަސް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޮޕަރޭޝަން ކޮށްފި އެވެ. އުމުރުން 33 އަހަރުގެ ނޭމާ އަށް ސަންޓޯސް އާއިއެކު މި ސީޒަނުގައި އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު އަނިޔާގައި ހުރެ ނޭމާ ކުޅެމުން އަންނަނީ 2023 ވަނަ އަހަރު އެވެ. އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގައި ވާދަކުރާ ބްރެޒިލްގެ ސްކޮޑުން ފުރުސަތު ހޯދުމަށް އަނިޔާއިން ރަގަޅުވުމަށް ނޭމާ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސްޕެއިންގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަށް ކުރިން ކުޅުނު ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނައިން ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 128 މެޗުގައި 79 ލަނޑު ޖަހާފަ އެވެ. ނޭމާގެ ފުޓްބޯޅަ ހަޔާތް ފެށުނު ސަންޓޯސް އާއި އޭނާ އަލުން ގުޅިފައިވަނީ ސައުދި އަރަބިއްޔާގެ އަލް ހިލާލް އަށް ކުޅުމަށްފަހު މިދިޔަ ޖެނުއަރީ މަހު އެވެ. ސައުދީގައި ހޭދަކުރި 18 މަސް ދުވަހުގެ ތެރޭގައި ނޭމާ އަށް އެ ކްލަބަށް ކުޅެދެވިފައިވަނީ އެންމެ ހަތް މެޗެވެ.
ނިމިގެންދިޔަ ސީޒަނުގައި ސަންޓޯސް އަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާއިރު ރެލިގޭޝަނުން އެ ކްލަބް ސަލާމަތް ކޮށްދިނުމުގައި ނޭމާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ ކްލަބުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ނޭމާ ވަނީ ފަސް ލަނޑު ޖަހާފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
