
އިތުރު ވަގުތުގައި ކެޕްޓަން މުހައްމަދު ސަލާހް ޖެހި ލަނޑުން ޒިމްބާބުވޭ އަތުން އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި މިސުރު 2-1އިން މޮޅުވެއްޖެ އެވެ. މި މެޗުގެ ފުރަތަމަ ގޯލު ޖެހީ ޒިމްބާބުވޭގެ ޖޯޑަން ޖަލާއީ އެވެ. އޭނާ 20 ވަނަ މިނިޓްގައި ޖެހި ގޯލަށް ފަހު ނަތިޖާ ހަމަހަމަވީ މެންޗެސްޓާ ސިޓީ އަށް ކުޅޭ މިސުރުގެ ފޯވަޑް އޮމްރް މަރްމޫޝް 64 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. ވަރަށް އާދައިގެ ކުޅުމެއް ދެއްކި މިސުރު މޮޅުވި ލަނޑު ސަލާހް ވައްދާލީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށެވެ. މިއީ ލިވަޕޫލުގައި ފޯމު ކަޓުމުގެ ސަބަބުން ޓީމާ ވަރަށް ބޮޑަށް މައްސަލަ ޖެހިފައި ހުރި ފޯވަޑް މި ފަހަކަށް އައިސް ގޯލު ޖަހައި ޓީމު މޮޅުކޮށްދިން ފުރަތަމަ ފަހަރެވެ.
މޮރޮކޯގެ އަގާދިރްގައި ކުޅުނު މެޗަށް ފަހު މިސުރަށް ދެން އޮންނާނީ ދެކުނު އެފްރިކާގެ މެޗެވެ. މޮރޮކޯގައި އިއްޔެރޭ ފެށި މުބާރާތުގައި ދެކުނު އެފްރިކާ އާއި އެންގޯލާ ބައްދަލުކުރި މެޗު 2-1އިން ކާމިޔާބު ކުރީ ދެކުނު އެފްރިކާ އެވެ. މެޗަށް ފަހު އެންގޯލާގެ ކޯޗު ޕެޓްރިސް ބާއުމެއްލޭ ބުނީ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމުން ވަރަށް ދެރަވެއްޖެ ކަމަށެވެ.

“މުބާރާތެއްގައި ކުޅޭއިރު ފުރަތަމަ މެޗު ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް. އަހަރުމެންނަށް ހެދުނު ދެ މިސްޓޭކަކުން އެ މީހުން މޮޅުވީ. އެކަމަކު އަހަރުމެން އިސް އުފުލައި ދެން ވެސް ދާނީ ކުރިއަށް،” ކޯޗު ބުންޏެވެ. ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ބުނީ ފުރަތަމަ މެޗުން ބަލިނުވާން އޭނާ ޓީމު ކުރި ހިތްވަރަށް ސާބަސް ހައްގު ކަމަށެވެ. “އަހަރެން ކުރިން ވެސް ބުނިން ފުރަތަމަ މެޗުން ބަލިވެގެން ނުވާނެއޭ. އަހަރުމެން މަސައްކަތް ކުރީ އެކަން ނުވެ ވޭތޯ. ވަރަށް ޝުކުރު ހައްގު ކުޅުންތެރިން އެކަން ކުރުމުން. އެކަމަކު އަހަރުމެން ގޯލު ޖެހުމަށްފަހު ތިބީ ނިދާފައި. މިއީ ރަނގަޅު ކުރަން ޖެހޭ ކަމެއް،” ކޯޗު ބުންޏެވެ.
މި މުބާރާތުގައި ޒެމްބިއާ އާއި މާލީ ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
