
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، ބަދަލުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްޤީކުރުމަކީ މުހިންމުކަމެއް ކަމަށެވެ. ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ޒުވާނުންނަކީ މުސްތަޤްބަލުގެ ލީޑަރުންނާއި ޤައުމުގެ ބަޠަލުން ކަމަށާއި، މާދަމާގެ ރާއްޖެ ބިނާވެފައި އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގެ މައްޗަށް ކަމަށެވެ. ވަޒީރު ވަހީދު އިތުރަށް ވިދާޅުވީ، ޒުވާނުންނަކީ ދީނަށް އަމަލުކުރާ، އަޚްލާގު ރަނގަޅު، ސުލޫކީ އަދި އިޖްތިމާޢީ ރަނގަޅު ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް މަސައްކަތުގައި އުޅޭ ހިތްވަރުގަދަ ޒުވާނުން ބޭނުންވާ ކަމަށާއި، ކަންނެތްކަމުން އެއްވެސް ކަމެއް ހާސިލްނުވާނެ ކަމަށް ވިދާޅުވެ، ކާމިޔާބީ އޮތީ ތިމާގެ އަތުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ޒުވާނުންގެ ޚިޔާލުތައް ހަޤީގަތަކަށް ހެދުމަށް އެންޓަރޕްރިނިއަރޝިޕް ޕްރޮގްރާމްތައް ހިންގާ، ޒުވާނުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކުޅިވަރާއި ކްރިއޭޓިވް އާރޓްސްގައި ޒުވާނުންގެ ހުނަރާއި ޝައުގުވެރިކަން އިތުރުކުރުމަށް ޤައުމު ބޭނުންވާކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޒުވާނުންގެ އަގު ވަޒަންކުރައްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ކޮންމެ ދާއިރާއެއްގެ މީހަކަށްވިއަސް ޤައުމުގެ ކުރިއެރުމަށް އެމީހެއްގެ ހުނަރު ބޭނުންކުރުމަކީ މުހިންމުކަމެއް ކަމަށާއި، އިލްމަކީ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައި ވިދާޅުވެ، ކެނޑިނޭޅި އިލްމު ހޯދާ ހިއްސާކުރުމަށް ވަޒީރު ބާރުއެޅުއްވިއެވެ. މިސަރުކާރުން ޒުވާނުންނަށް ބޭނުންވާ މަގުތައް ފަހިކުރަމުން އަންނަ ކަމަށް ވެސް ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
