
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައްޔިތުން އެދޭކަންކަން ހާސިލް ކުރުމުގައި މަސްލަހަތު އޮތީ ޤާނޫނު ބަދަލުކޮށްގެން ކަމަށްވާނަމަ ބަދަލު ގެނެސްގެންވެސް ކަންކަން ހާސިލް ކުރައްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ސިލްސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވަނީ ރައްޔިތުން ބޭނުންވާ ވާހަކަތައް ބޭނުންވާ ގޮތަކަށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. ބައްދަލުވުމުގެ ތެރެއިންނާއި ވަކިންވެސް އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް ހިއްސާކުރަން ބޭނުންވާ ރައްޔިތުންނަށް އެފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިބައްދަލުވުންތަކުގައި ކޮންމެ ރައްޔިތަކުވެސް ދައްކާ ވާހަކައަކީ ސަރުކާރުން ސަމާލުކަން ދޭނެ، މުހިންމު ވާހަކަތަކެއް ކަމަށެވެ. އެ ޚިޔާލުތަކަށް ބަލައި، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ބަދަލު ކުރުން ކަމުގައިވާނަމަ އެކަންވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “އެ ކަމެއްގެ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ހެދިފައިވާ ޤާނޫނާއި ޤަވާއިދު ބަދަލުކުރަން ކަމުގައިވަންޏާ އެކަން ކޮށްގެންވެސް އެކަމަކަށް އެރައްޔިތަކު އެދިވަޑައިގެންނެވި ކަންތައް އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އެކަން ކުރުން ކަމުގައިވާނަމަ އެކަމަކަށް ފުރިހަމަގޮތުގައި އިޖާބަ ދިނުމުގެ ވިސްނުމުގައި އަޅުގަނޑު މަސައްކަތް މިކުރަނީ،” ރައީސް ވިދާޅުވިއެވެ.
މިހާތަނަށް ބޭއްވި އެކި ބައްދަލުވުންތަކުގައި ރައްޔިތުން އަމިއްލަ ކަންބޮޑުވުންތަކާއި އަދި މާލެ ސަރަހައްދާ ގުޅިގެންހުރި އެކި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ތެރެއިން ވަރަށް ގިނަ ކަންކަމަށް ހައްލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެކި މަރުހަލާތަކުގައި އެކި މަސައްކަތްތައް މިހާރު ކުރެެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
