
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އަންނަ ދިރާސީ އަހަރުން ފެށިގެން އެއްވެސް ދަރިވަރަކަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ގިނަ ބެލެނިވެރިން ފޯނު ގެންދިއުން މަނާކުރުމަށް އެދެމުންދާތީ، މިހާރު ގްރޭޑް 10 އިން ދަށުގެ ދަރިވަރުންނަށް ފޯނު ގެންދިއުން މަނާކުރެވިފައިވީ ނަމަވެސް އެކަން ރަނގަޅަށް ތަންފީޒު ނުވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އަންނަ ދިރާސީ އަހަރުން ފެށިގެން ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދޭތޯ ވަރަށް ހަރުކަށިކޮށް ބަލަމުންދާނެ ކަމަށާއި، ސްކޫލް ގަޑީގައި އެ ގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލްގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އޭލެވެލް ކިޔަވާ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ ކަމަށާއި، ނަމަވެސް އެ ދަރިވަރުންގެ ފޯނުތައް ހުންނަށްވާނީ ސްކޫލްގައި ބަހައްޓާ ޚާއްސަ ލޮކަރުތަކެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. ކްލާސް ގަޑީގައި ފޯނު ބޭނުން ނުކުރެވުނަސް ކްލާސް ނިމުމުން އެމީހުންގެ ފޯނުތައް އަނބުރާ ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިކަން ހާމަކުރައްވާފައި މިވަނީ ދާދިފަހުން ރާއްޖޭގެ ސްކޫލެއްގައި ކްލާސް ގަޑީގައި ދަރިވަރުން ފޯނު ގެންގުޅެގެން މައްސަލަތަކެއް ފެންމަތިވެ، ސްކޫލަށް ފޯނު ގެންދިއުމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލާފައިވާ ދަނޑިވަޅެއްގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
