
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
ހުޅުމާލޭގެ 2 ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަށް 10 ބުރިއަށް އިމާރާތްކުރެވޭނެ ގޮތް ހައްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައްޔިތުންނާއި ގާތުން ބައްދަލުކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ބަދައްލުކުރެއްވުމުގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ 2 ފިޔަވަހީގައި ގިނަ ގިނަ ގޯތިތަކެއް ދޫކޮށްފައިވާކަމަށެވެ. އެގޮތުން އިމާރާތްކުރެވޭނެ އުސްމިނަކީ ދެ ފިޔަވަހީގައިވެސް އޮންނަނީ އެއް އުސްމިނަކަށްކަމަށެވެ. ރައީސް ވިދާޅުވީ އިމާރާތްކުރެވޭ އުސްމިނަކީ އެތަނުގެ ޕްލޭންއާއި ގުޅިފައިވާކަމެއްކަމަށެވެ.
އެގޮތުން ތަނެއް އާބާދުވެގެންދާއިރު އެތަނެއްގެ ލޭންޑު ޔޫސް ޕްލޭންއަށް ގެންނަ ބަދަލަކުން ނުވަތަ ސަރުކާރުގެ ސިޔާސަތައް އަންނަ ބަދަލަކުން އެތަނެއްގެ އިންފްރާސްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނަންޖެހޭނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހުރިހާ ކަމެއް ހިމެނޭގޮތައް ސަރުކާރުން ކުރަން ޖެހޭ އިންވެސްޓުމަންޓު ހިމެނޭގޮތައް މި ދެފިޔަވަހިން ދޫކޮށްފައިވާ ގޯތި އިމާރާތްކުރުން ވައުދުވެފައިވާ ގޮތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ބަދަލުކޮށްދެއްވާނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސް ވިދާޅުވީ ޕާކިންއަކީ ބޮޑުވެފައިވާ މައްސަލައަކަށްވާއިރު 10 ބުރިއަށް އިމާރާތްކުރާނަމަ ގްރައުންޑް ފްލޯރއަކީ ޕާކިންގ ޒޯނެއްގެ ގޮތުގައި ހެދުން މަޖުބޫރުވާނެކަމަށެވެ. އަދި އެއް ފްލޯރއަކީ ނޮން ރެސިޑެންޝަލްއަށް ބޭނުންކުރުމަށް މަޖުބޫރު ކުރާނެކަމަށް ވިދާޅުވިއެވެ. އެއީ ކޮމާރޝަލްއަށްވިއަސް ދިރިއުޅުން ނޫން ކޮންމެ އެހެން މަސައްކަތެއް ނުވަތަ އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެއް ފްލޫ ކަނޑައަޅަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. “2 ފުލޯރ ގޭގައި ދިރިއުޅުމަށް ނޫނީ އެހެން ފަރާތަކަށް ކުއްޔައް ދެވިދާނެ. 4 ފްލޯރ ލިބޭއިރުގައި އޭގެ ތެރެއިން ގްރައުންޑް ފްލޯރ ކަނޑައަޅަން ޖެހޭނީ އޭގެގެ ބޭނުމަށް ޕާކިންއަށް ދެން އިތުރު އެއްފްލޯ އާމްދަނީ ހޯދުމަށް ދެން ދެ ފްލޯރ ރެސިޑެންޝަލް ބޭނުމަށް ބޭނުން ކުރެވިދާނެ. 10 ބުރިއަށް ނެގޭ ގޮތައް ޤަވައިދައް ބަދަލުގެނެސް ދެ ފޭސްގޭ ފަރާއްތަކަށް އެކަން ކޮށްދޭނަން” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުމާލެ ފޭސް 1ގައި ސޯޝަލް ކެޓެގަރީން ގުރުއަތުލައިގެން ފައިސާ ދައްކާ އަމިއްލަ ކުރާ ގޮތައް ބަންޑާރ ގޯތި ދޫކޮށްފައިވީނަމަވެސް އެ ގޯތިތަކަށް މާލީ ގޮތުން ލުޔެއް މިދިޔަ ސަރުކާރުތަކުން ހޯދާދީފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ގޯތިތައް ގޯތީގެ އެގްރިމަންޓުގައި އޮންނަ އަގުގެ 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މިއާއެކު ބާކީ ދައްކަން އޮންނަ އަދަދުން އެބައި ކެނޑިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
