
(ފޮޓޯ ކްރެޑިޓްސް: އިމިގްރޭޝަން)
ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަސާޖު ޕާލާ ތަންތަން ބަންދުކުރުމުގެ މަސައްކަތުގެ ދަށުން ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަަނަށް 83 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސާޖްޕާލާގެ މައްސަލައަކީ މުޅި މާލެއަށްވެސް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއްކަމަށެވެ. ރައީސް ވިދާޅުވީ މަޝްވަރާ ބައްދަލުވުންތަކުން ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ހާއްސަ އިސްކަމެއް ދީގެން މަސާޖު ޕާލާތައް ބަލާ ފާސްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“ދިރާސާ ހަދާލި އިރު ރާއްޖޭގެ ތާރީޙުގައި ދުވަހަކުވެސް ނެތް މި އަދަދާއި ގާތްކުރާ އަދަދަކަށްވެސް ބަންދުކޮށްފައި، މީގެ ބައިކޮޅު ބައިވެސް ނެތް ބަންދުކޮށްފައި، އަބަދުވެސް ގޮސް އިންޒާރެއް ދީފާނެ ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅާފާނެ، އެކަމަކު ބަންދުކޮށްފައެއް ނެތް،” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަސާޖު ޕާލާތަކުން ބިދޭސީން ހައްޔަރުކުރަމުންވެސް ދާ ކަމަށެވެ. އަދި ޑީޕޯޓުކުރުމުގެ މަރުހަލާވެސް ކުރިއަށްގެންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި މިދިޔަ 3 ހަފްތާތެރޭ 56 ވިޔަފާރި ބަންދަކޮށްފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
