
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވާނުވާ ބަންދުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ވާނުވާ ބަންދުގައި ތިބި މީހުންގެ ޝަރީޢަތްތައް އަވަސްކޮށް، އެ މީހުންނާމެދު ގޮތެއް ނިންމުމަށް ގިނަ ބަޔަކު ދަނީ ސަރުކާރުގައި އެދެމުންނެވެ. އެ ޝަކުވާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި މިވަގުތު ވާނުވާ ބަންދުގައި ތިބި ފަރާތްތަކުގެ ތެރެއިން 1 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ ޝަރީޢަތްތައް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމި، އެ މީހުންނާމެދު ވަކި ގޮތެއް ކަނޑައެޅިގެންދާނެ ކަމަށެވެ. އެއަށްފަހު ބާކީ ތިބި ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވިދާޅުވިއެވެ.
“އެޓަރނީ ޖެނެރަލްގެ އޮފީހަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އަންނަ މާޗު މަސް ނިމެންވާއިރަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓު މަރުހަލާތައް ނިމޭނެކަމަށް. އެއަށްފަހު ބާކީ ހުރި ހުރިހާ އެންމެންގެ ކަންކަންވެސް ކުރިއަށްދާނެ ކަމަށް އޭޖީ އޮފީހަށް ވަނީ މައުލޫމާތު ލިބިފައި،” ރައީސުލްޖުމްހޫރިއްޔާ ވިދާުޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު 347 މީހުން އެބަތިއްބެވެ. މި 347 މީހުންނަކީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންކަމަށާއި އެކަންކަން ރަނގަޅަށް ނުބަލައި، އެމީހުން ހަމަ ހުރެފައި ދޫކޮށްލަން އެއްވެސް ރައްޔިތަކު ބޭނުންވާނެތޯ ރައީސް ސުވާލު އުފެއްދެވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރޭގައި 29 މީހުން، މީހަކު މަރާލާފައިވާކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާއިރު 20 މީހުން ބަންދުކޮށްފައިވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައެވެ. އަދި 117 މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާއިރު މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި 70 މީހުން، ޑްރަގް ޓްރެފިކިންގ މައްސަލަތަކުގައި 116 މީހުން ތިބި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މަނީ ލޯންޑްރިން، ވައްކަންކުރުން، ހަތިޔާރުބޭނުންކޮށްގެން ވައްކަން ކުރުން، ޑޮމެސްޓިކް ވަޔަލެންސް، ކިޑްނެޕްކުރުން، ހިޔުމަން ޓްރެފިކިން، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ޕްރޮސްޓިޓިއުޝަން، ސްމަގްލް ކުރުން ފަދަ މައްސަލަތަކުގައިވެސް ބަންދުގައި މީހުން ތިބިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ޖުޑިޝަރީ މިނިވަންކޮށް މި ގެންނަ ބަދަލުތަކުގެ ސަބަބުން ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބައޮތްކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
