
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް އެކަކުން ސީޕްލޭންތަކަށް ޚިދުމަތް ފެށުމަށް ބޭނުންވާ ބަސް ރޫޓުތައް ކަނޑައަޅައި ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. އެމްއޭސީއެލްއިން ވިދާޅުވި އައު ޓަރމިނަލުގެ ސީޕްލޭން ކައުންޓަރުތަކުގެ ޚިދުމަތް ފެށުމަށް މިހާރު ތައްޔާރު ވަމުން އަންނަ ކަމަށާއި. އެ މަސައްކަތުގައި ސީޕްލޭންއަށް ޗެކިންވާ ފަރާތްތައް، ސީޕްލޭން ޓަރމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުން ކުރާނެ ބަސް ރޫޓުތައް ކަނޑައަޅައި މިހާރު ނިމިފައިވާ ކަމަށެވެ.
އެމްއޭސީއެލްއިން ވަނީ ބަސް ރޫޓުތައް ކަނޑައެޅުމާއެކު އެއަރޕޯޓުގެ އައު ޓަރމިނަލުގެ އެރައިވަލް ގޭޓް 4 ދެކުނު ޕާކިން ޒޯން ބޭނުން ކުރާނީ، ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލް ސްޓާފް ބަސްތައް ބެހެއްޓުމަށްކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މިނޫން ފަރާތްތަކުން މި ސަރަހައްދު ބޭނުން ނުކުރުމަށް އެމްއޭސީއެލްއިން ވަނީ އަންގާފައެވެ. އެކުންފުނިން ވިދާޅުވީ މި ނޫން އުޅަނދުތައް އެ ސަރަހައްދަށް ވަދެ ނިކުތުމާއި އެ ސަރަހައްދުގައި ބަހައްޓާފައިވާ އުޅަނދުތަކަށް ދަތިވާ ގޮތަށް ޕާކް ކުރުމަކީ މަނާ ކަމެއް ކަމަށެވެ. މިއާއެކު އެއަރޕޯޓްގެ އެސްޓޭޓް ސެކިއުރިޓީ އޮފިސަރުން ދޭ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ANNOUNCEMENT 📢 pic.twitter.com/3Pg4gPw2W8
— Maldives Airports Company Ltd (@MACLmedia) December 21, 2025
އެއަރޕޯޓުގެ ސީޕްލޭން ކައުންޓަރުތައް ބޭނުން ކުރުމަށް ތައްޔާރުވަމުންދާއިރު، އެކުންފުނިން ވަނީ މިދިޔަ ހަފްތާގައި، ސީޕްލޭން އޮޕަރޭޓަރުން ކައުންޓަރު ބޭނުން ކުރުމަށް އަހުލުވެރި ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. މި ހަރަކާތުގައި ގައުމީ އެއަރލައިން މޯލްޑިވިއަންއާއި ފްލައިމީގެ އޮޕަރޭޓަރުން މި މަސައްކަތުގައި ބައިވެރިވެފައިވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އެމްއޭސީއެލްއިން ވިދާޅުވީ ދާދި އަވަހަށް އައު ޓަރމިނަލުގެ ސީޕްލޭން ކައުންޓަރުތައް ބޭނުން ކުރަން ފަށާނެ ކަމަށެވެ. ނަމަވެސް ޚިދުމަތް ފަށާނެ ސީދާ ތާޜިހެއް ނުދެއެވެ.
ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް މިދިޔަ ޖުލައި މަހު 26 ވަނަ ދުވަހު ޚިދުމަތް ދޭން ފަށާފައިވާއިރު، އެ ޓަރމިނަލަށް މިހާރު ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތައް ވަނީ ބަދަލުކޮށްފައެވެ. މި ޓަރމިނަލުގައި ސީޕްލޭންތަކަށް ޚިދުމަތް ދިނުމަށް އެކަމަށް ޙާއްސަ 24 ޗެކިން ކައުންޓަރ ވަނީ ޤާއިމް ކުރެވިފައެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަ ޤައުމު ކަމަށްވާއިރު އައު ޓަރމިނަލުން މި ޚިދުމަތް ފެށިގެން ދިއުމުން އެ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކާށް ފަސޭހަ ވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
