
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
15ވަނަ ގަރުނާއި 19ވަނަ ގަރުނާ ދެމެދު އެފްރިކާ ބައްރުގެ ޤައުމުތަކުގެ ރައްޔިތުން އަޅުވެތިކޮށް، އެ މީހުންގެ މައްޗަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ހިންގި އިސްތިޢުމާރީ ވެރިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެފްރިކާގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ބައިނަލްއަޤްވާމީ ވަފުދަކުން ގާނާގެ ރައީސް ޖޯން ޑްރާމާނީ މަހާމާއަށް ގޮވައިލައިފިއެވެ. އެ މުއްދަތުގެ ތެރޭގައި އެފްރިކާގެ ޤައުމުތަކުން 12.5 މިލިޔަނަށް ވުރެ ގިނަ މީހުން އެމެރިކާއަށް ގެންގޮސް، އަޅުވެތި ކުރުވާފައިވެއެވެ. ހުޅަނގުގެ ބާރުތަކުން އަޅުވެތިކޮށްފައިވާ އެފްރިކާގެ ޤައުމުތަކުގެ މީހުންނާއި، އެ މީހުންގެ ޢާއިލާތަކާއި، އެ ޤައުމުތަކަށް ލިބުނު ގެއްލުމާއި، ވޭނާއި ކެކުޅުމަށް ބަދަލު ހޯދުމާ ގުޅޭ ގޮތުން އެންގޯލާގެ ލުއާންޑާގައި ގާނާގެ ރައީސް ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި އެފްރިކާގެ އިއްތިޙާދު (އޭޔޫ)ގެ އިތުރުން ވިލާތާއި، ކެރީބިޔަން އަދި އެމެރިކާ ބައްރުގެ ޤައުމުތަކުގެ ވަފުދުތައް ބައިވެރިވިއެވެ. އަދި، އެ ވަފުދުތަކުން ވަނީ، ފަސޭހަ ގޮތް ޚިޔާރު ކުރުމުގެ ބަދަލުގައި، ހިތްވަރާއެކު މި ކަމާ ކުރިމަތިލުމަށް އެފްރިކާގެ ޤައުމުތަކުގެ ވެރިންނަށް ބާރުއެޅުމަށް ރައީސް މަހާމާއަށް ގޮވައިލާފައެވެ.
ހުޅަނގުގެ ބާރުތަކުން އަޅުވެތި ކުރި އެފްރިކާގެ ރައްޔިތުންގެ ޙައްޤުގައި، އެ މީހުންގެ ޢާއިލާތަކަށް ބަދަލު ނަގައިދިނުމަށް، އަދި ތާރީޚީ ގޮތުން ހުޅަނގުގެ ބާރުތަކުން ހިންގާފައިވާ ޖަރީމާތަކަށް އިޢުތިރާފު ކުރުވައި، އެ ފަދަ ޖަރީމާތައް ހުއްޓުވުމަށް ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އޭޔޫއިން މިހާރު ވެސް ދަނީ ބާރު އަޅަމުންނެވެ. މިއީ، މިއަދު ވެސް ދުނިޔޭގައި ހިންގަމުންދާ ނަސްލީ ތަފާތުކުރުން ފަދަ ޖަރީމާތައް ހުއްޓުވައި، އެ ފަދަ މައްސަލަތައް ހައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
މި ކަމަށް ގޮވައިލާ އަޑުތައް ގަދަވަމުން ދިޔަ ނަމަވެސް، ހުޅަނގުގެ ބާރުތަކުން ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. ވިލާތުގެ ގިނަ ޤައުމުތަކުގެ ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މާޒީގައި ހިނގާފައިވާ ކަންކަމަށް މިހާރުގެ ދައުލަތްތަކާއި މުއައްސަސާތަކުން ޒިންމާ ނަގާކަށް ނުޖެހޭނެއެވެ. ލުއާންޑާގައި ބޭއްވި މަޝްވަރާތަކުގައި ބައިވެރިވި ޤައުމުތަކުގެ ވަފުދުތަކުން ވަނީ، އަޅުވެތި ކަމުގެ ސަބަބުން އެފްރިކާގެ ރައްޔިތުންނަށް ލިބުނު ވޭނާއި ކެކުޅުމަށް އިޢުތިރާފުވެފައެވެ. ނަމަވެސް، އެ ކަމަށް ބަދަލު ދިނުމަށް އެއްވެސް ޤައުމެއްގެ ވަފުދަކުން އެއްބަސްވެފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
