
ނުވަދިހައިގެ ފަހުކޮޅުން ފެށިގެން ދެހާހުގެ ކުރީކޮޅާ ހަމައަށް، ރާއްޖޭގެ ވޮލީބޯޅަ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުތަކުގައި އެންމެ ގިނައިން އިވުނު ނަމަކީ، ދާދި ފަހުން އަޅުގަނޑުމެންނާ ވަކިވެ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި އިބްރާހީމް އާދިލް، ނުވަތަ ކޮއްކޮގެ ނަމެވެ. ކޮއްކޮއަކީ ރާއްޖެ ދުށް އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. މުބާރާތްތަކަށް ޓީމުތައް ތައްޔާރުކުރާއިރު، ގިނަ ކޯޗުންނާއި ކުލަބުތަކުގެ ވެރިން އެންމެ އިސްކޮށް ހޯދީ އޭނާގެ ސޮޔެވެ. އޭގެ އެންމެ މުހިންމު ސަބަބަކީ، ކޮއްކޮއަކީ އަބަދުވެސް އެއް ފެންވަރެއްގައި ކުޅޭ، އަހުލާގީ ގޮތުން ނަމޫނާ، މައްސަލަތައް މަދު، އަދި ކޯޗުން ބުނާ ގޮތަށް މަސައްކަތްކުރަން ތައްޔާރަށް ހުންނަ ކުޅުންތެރިއަކަށް ވުމެވެ. މެދުނުކެނޑި 20 އަހަރު އެންމެ މަތީ ފެންވަރުގައި ވޮލީގައި ފައިހަމަކުރެވުނު މައިގަނޑު އެއް ސަބަބަކީވެސް މިއެވެ. އޭނާ އެންމެ ފާހަގަކުރެވުނީ ހަރަކާތް އަވަސް، މިސްޓޭކް މަދު، އަދި ކޯޓު މަތީގައި އަބަދުވެސް ޓީމަށް ފައިދާހުރި ކުޅުންތެރިއެއްގެ ގޮތުގައެވެ. މެދުން އެޓޭކް ކުރަން ރާއްޖޭގައި ފެނިގެންދިޔަ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައިވެސް އޭނާ ބެލެވެއެވެ. އޭނާގެ ރިސީވްތަކާއި ބްލޮކްތަކާއި ބާރު ޖެހުންތަކާއި އަވަސް ވައްޓާލުންތަކުން ފައިދާކުރި ޓީމުތަކާއި އުފާވެރިކަން އިހުސާސްކުރި ކޯޗުން މަދެއް ނުވާނެއެވެ.

ކުލަބު ވެލެންސިއާއިން ވޮލީގެ ތެރެއަށް ވަދެ، ކޮއްކޮ ވަނީ ރާއްޖޭގެ ބޮޑެތި ވޮލީ ޓީމުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އާދައިގެ ޓީމެއް ކަމަށްވާ ވެލެންސިއާއަށް ގައުމީ ތަށި ހޯދައިދިނުމަށްފަހު، ނިއުރޭޑިއަންޓާއި ވިކްޓަރީގެ ކުލަބުތަކާއެކުވެސް އޭނާ ކާމިޔާބީ ހޯދިއެވެ. މީގެ އިތުރުން، އައްޑޫ އަތޮޅު ހިޒް ކުލަބުން ގައުމީ ތަށި ހޯދިއިރުވެސް ކޮއްކޮ މުހިންމު ދައުރެއް އަދާކުރިއެވެ. އޭގެ ފަހުން އައްޑޫއަށް ނިސްބަތްވި އައްޑޫ ސްޕޯޓްސް ކުލަބުންވެސް ގައުމީ ތަށި އަމިއްލަކުރީ އޭނާގެ މޮޅު ކުޅުމާއެކުގައެވެ.
ކޮއްކޮއަކީ އެފަދަ ދެވަނަ އެއްނެތް މޮޅު ކުޅުންތެރިއެއްކަން ސާބިތުކޮށްދޭ އެންމެ މުހިންމު ކަމަކީ، އޭނާ ހާސިލްކުރި “ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ” ގެ މަގާމެވެ. ވޮލީގެ ފޯރިގަދަ ވަގުތުތަކެއްގައި، އަދި ރާއްޖެ ދުށް އެންމެ ވަރުގަދަ ސްޕައިކަރުންގެ ތެރެއިންވެސް ފާހަގަކުރެވޭވަރަށް، ކޯޓުގެ މެދުން އަރައި އޭނާ މި މަގާމު ހޯދިއިރު، އެއީ އާދަޔާ ހިލާފު ކާމިޔާބީއެކެވެ. ދުވަހު ނޫސް ހަވީރުން ހޮވި “ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ” ގެ މަގާމު 2005 ވަނަ އަހަރު އޭނާ ގެންދިޔައީ، އެ އަހަރުގެ ސީޒަނުގެ އިތުރަށް ދިވެހި ގައުމީ ޓީމުގައިވެސް މޮޅަށް ކުޅެފައެވެ.
ކުލަބު ވެލެންސިއާ އާއި ގައުމީ ވޮލީ ޓީމުގެ ކެޕްޓަންކަންވެސް ކުރި ކުޅުންތެރިޔާގެ މޮޅު ކުޅުން ސާބިތުކޮށްދިން އަނެއް މުބާރާތަކީ 2003 ވަނަ އަހަރުގެ ވޮލީބޯޅަ އިންވިޓޭޝަން ކަޕެވެ. ރާއްޖޭގެ ކުޅުންތެރިންނަށްވުރެ ލަންކާ، ޕާކިސްތާން، އަދި އިންޑިއާގެ ކުޅުންތެރިން މާ މަތީގައި ތިއްބައި، އޭނާ އެންމެ މޮޅު ރިސީވަރުގެ މަގާމު ގެންދިޔައިރު، އެފަހަރު ސްޓޭޖުން ފުރުސަތު ލިބުނު ހަމައެކަނި ދިވެއްސަކީވެސް އޭނާއެވެ. ކޮއްކޮއަކީ ވޮލީގެ ލެޖެންޑެކެވެ. ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ހުނަރުވެރިއެކެވެ. އަހުލާގު ރަނގަޅު ނަމޫނާއެކެވެ. ދިވެހި ވޮލީގައި އޭނާގެ ހަނދާންތައް އަބަދުމެ ދެމިހުންނާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
