
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން އީގަލްސް ކުޅުނު ދެ މެޗުގައި ރެފްރީންގެ ނިންމުންތައް ހުރީ ބަލައިގަނެވޭ ގޮތަކަށް ނޫން ކަމަށްބުނެ ކުލަބު އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ހިތްހަމަ ނުޖެހުންތައް ރެފްރީންނަށް އަމާޒުކޮށްފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި 20 ޑިސެމްބަރުގައި ކްލަބް އީގަލްސް އިން ބުރު ސްޕޯޓްސް ކްލަބް އަތުން 2-3 ލަނޑުން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ އެ މެޗުގައި ރެފްރީން ނިންމި ނިންމުންތައް އެހާ ހިތްހަމަ ނުޖެހޭ ކަމަށެވެ. ބޮޑެތި މައްސަލަ އެ ނިންމުންތަކުގައި އެބަހުރިކަމަށާއި، އޭނާއަކީ ރެފްރީންނަށް އެހާ ފާޑުކިޔާ މީހެއް ނޫން ކަމަށްވެސް ކޯޗު ބުންޏެވެ. އެހެންނަމަވެސް މިކަހަލަ މެޗެއްގައި ރެފްރީން އެހާ ބޮޑެތި ގޯސްތައް ހަދާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިއަށްވުރެ ކޮލިޓީ ވާންޖެހޭ ކަމަށް ހަނީފް ބުންޏެވެ.
“އަޅުގަނޑަކަށް ނުފެނޭ ރެފްރީންގެ އިމްޕްރޫވްމެންޓް. އެހާ ބޮޑެތި އެރާތައް މި ކަހަލަ މެޗެއްގައި އައުމަކީ، މިއީ އަސްލު ގަބޫލުކުރެވޭ ކަމެއް ނޫން. އަނެންހެން މާ ބޮޑަށް ރެފްރީން ކްރިޓިސައިޒް ކުރާ މީހެއްވެސް ނޫން. އެކަމަކު ދެން ދެ މެޗުގައިވެސް މިދިޔައީ އެކަހަލަ ގޮތަކަށް. ދެން ބަލިވުމުން އެ ޒިންމާ ނުނަގަނީއެއް ނޫން. ކޮލިޓީވާން އެބަޖެހެއޭ މިއަށްވުރެ” ހަނީފު ބުންޏެވެ. އެ ނިންމުންތަކުގެ ސަބަބުން ދެ ޓީމުން ކުރެ ވަކި ޓީމަށް ފައިދާވަނީ ނޫން ކަމަށާއި، ރެފްރީންގެ ނިންމުންތައް ހުރީ، ހުރިހާ ޓީމަކަށްވެސް ގެއްލުންވާގޮތަށް ކަމަށްވެސް ހަނީފު ބުންޏެވެ. “އަސްލު އެބަޖެހޭ ކަންނޭންގެ އެއަށްވުރެ ރަނގަޅު ކުރަން ރެފްރީންގެ ޑިޒިޝަންތައް. އެއް އެއްޗެހި އަސްލު ބަލައެއް ނުގަނެވޭ” ހަނީފު ބުންޏެވެ. ކުރިޔަށް އޮތް މެޗަށް އިޝާރާތް ކުރަމުން ހަނީފު ބުނީ ލީގުގައި އީގަލްސްއަށް ދެން އޮތީ އެންމެ ފޯމުގައި އޮތް ޓީމު ކަމަށް ބަލާ އޮޑިއާއި ދެކޮޅަށް ކުޅެން ޖެހޭ މެޗުކަމަށެވެ. އަދި އެއީ ވަރަށް ބޮޑަށް ތައްޔާރުވެގެން ނޫނީ އަތު ނުވާވަރު މެޗެއް ކަމަށާއި، އޮޑިއަކީ ޑިސިޕްލިންކޮށް އެންމެ އޮގަނައިޒްސްޑް އެއް ޓީމުކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އީގަލްސްގެ ކުޅުން އަންނަނީ ރަނގަޅުވަމުން ކަމަށާއި، ދެން ހުރި ހުރިހާ މެޗެއްވެސް އެއީ މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ނުވާވަރު މެޗުތަކެއް ނޫން ކަމަށްވެސް ހަނީފު ބުންޏެވެ. “އީގަލްސްއަށް ބަލި ނުކުރެވޭނެ ޓީމެއް ލީގަކުނެތް. މީގަ ޖެހޭނީ ޑިސިޕްލިންއާއި އެކު މަސައްކަތް ކުރަން. އެ ޑިސިޕްލިން ނެތިއްޖެއްޔާމު ނުވާނެ” ހަނީފު ބުންޏެވެ. އީގަލްސްގެ ކުރީގެ ކެޕްޓަން އަޙްމަދު ރިޒުވާން (ރިޒޭ) އެ ޓީމު ދޫކޮށް ދިއުމާއި ގުޅޭ ގޮތުން ހަނީފު ބުނީ އެވަރުގެ ކުޅުންތެރިއަކު ނެތުމަކީ ޓީމަށް ދެރައެއް ކަމަށާއި، ދެން ޖެހޭނީ އެތަން ފޫބައްދަން މަސައްކަތްކުރަން ކަމަށެވެ. ރިޒޭ އަކީ ލީގުގައި 100 ގޯލު ޖެހި ކުޅުންތެރިންގެތެރޭގައި ހިމެނޭ، ގިނަ އަހަރުތަކެއް ވަންދެން ވަރަށް ގިނަ ހިދުމަތްތަކެއް އީގަލްސްއަށް ކުރި ކުޅުންތެރިއެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އެންމެ ފަހުން ކުޅުނު މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، އެދުވަހު ދަނޑުގެ ވިނަގަނޑުވެސް ވަރަށް އުނދަގޫ ކަމަށް އީގަލްސްގެ ކޯޗު ފާހަގަ ކުރިއެވެ. އަދި އެ މެޗުގައި ބަލީވީ މާ ބޮޑަށް ފަހަތައްވެސް ޖެހެވުނީ ކަމަށާއި ގިނަ އިންޑިވިޑުއަލް ގޯސްތަކެއް ހެދިގެން ކަމަށް ކޯޗު ފާހގަަ ކުރިއެވެ. “އަސްލު ޓީމު ހަމައަކަށް ނޭޅެއެކޭ ނުބުނެވޭނެ. އަދި ޓީމު އެއްކޮށް މާގިނަ ޕްރެކްޓިސްއެއްވެސް ނުކުރެވޭ. އިމްޕްރޫވް ވާނެ ކަމަށް މި ބަލަނީ” ހަނީފު ބުންޏެވެ. އީގަލްސް އަށް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ހުކުރުދުވަހުގެރޭ އޮޑި ސްޕޯޓްސް އާއި ދެކޮލަށް ކުޅެން ޖެހޭ މެޗެވެ. އީގަލްސްއިން މަސައްކަތް ކުރާނީ ތާވަލުގެ ގަދަ 4 ގެ ތެރޭގައި ހިމެނެން ކަމަށާއި، އަދި ބައިވަރު މެޗުތައް ހުރިއިރު އެ ކުލަބަށް އަރައިގަނެވޭނެ ކަމަށް ކޯޗު ހަނީފް ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
