
(ފޮޓޯ ކްްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޓީމުން ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ނުވެވުނީ، ކުޅުންތެރިން ފަރުވާ ކުޑަކޮށްލައި، މެޗު ފަސޭހަކޮށްލުމުގެ ސަބަބުން ކަމަށް އެ ކުލަބުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. ކޮންމެ މެޗަކީ އައު ގޭމެއް ކަމަށް ދެކި، ފަސޭހަކޮށްނުލާ ޒިންމާދާރުކަމާއެކު ކުޅެންޖެހޭކަން އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، ޓީސީ މެޗުގައި އަހުމަދު އައިހަމް އާއި ސާޖިއޯ މެންޑީ ފަދަ މުހިންމު ބައެއް ކުޅުންތެރިން ބެންޗުގައި ތިބުމަކީ ވެސް މޮޅު ނުވެވުނު ސަބަބެއް ކަމަށް ކޯޗު ބުންޏެވެ. މާޒިޔާއަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރާ ކުލަބެއް ކަމަށް ވާތީ، މިއަށްވުރެ ބޮޑަށް ޒިންމާދާރުވާންޖެހޭ ކަމަށާއި، މޮޅުވަމުން އައިސް ފަސޭހަކޮށްލުމުގެ މެންޓާލިޓީ ބަދަލުކުރަންޖެހޭ ކަމަށް ވެސް ހެނާންޑޭޒް ވަނީ ބުނެފައެވެ. ކުރިއަށް އޮތް ވެލެންސިއާ މެޗަށް ރަނގަޅަށް ތައްޔާރުވެ، އެ ޓީމުގެ ކުޅުން އެނަލައިޒްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް، ލީގުގައި މިހާ ހިސާބަށް އެއްވެސް މެޗަކުން ބަލިނުވެ އާދެވުމުން ޖުމުލަކޮށް ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭކަމަށް ކޯޗު ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
